ކ. މާލެ
|
16 މެއި 2018 | ބުދަ 15:15
ހައުސިން މިނިސްޓްރީގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ހައުސިން މިނިސްޓްރީ
ހައުސިންގް މިނިސްޓްރީ
އާޓިފިޝަލް ބީޗް
މާލޭގެ އިރުމަތީ ފަރާތުގައި ހަދާފައިވާ އާޓިފިޝަލް ބީޗް އަލުން ތަރައްގީކުރަނީ
އާޓިފިޝަލް ބީޗް ތަރައްގީ ކުރަނީ ރަސްފަންނު ކޮންސެޕްޓަށް
އާޓިފިޝަލް ބީޗް އަލުން ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
މި މަޝްރޫއަށް 13 މިލިއަން ރުފިޔާ ހަރަދުވާނެ

މާލޭގެ އިރުމަތީ ފަރާތުގައި ހަދާފައިވާ އާޓިފިޝަލް ބީޗް އަލުން ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބެސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތު އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އާޓިފިޝަލް ބީޗް އަލުން ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށާއި، މި މަޝްރޫއަށް 13 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އާޓިފިޝަލް ބީޗް ތަރައްގީ ކުރަނީ ރަސްފަންނު ކޮންސެޕްޓަށް ކަމަށާއި، ރަސްފަންނުގައި ގާއިމުކޮށްފައިވާ ހުރިހާ ވަސީލަތްތައް އާޓިފިޝަލް ބީޗުގައި ގާއިމުކުރާނެ ކަމަށެވެ. އަދި ރަސްފަންނުން ލިބޭ ޚިދުމަތްތައް އާރޓިފިޝަލް ބީޗުން ވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އާޓީފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން ދަނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ. އެމްޓީސީސީގެ އިތުރަށް އެހެން ކުންފުނިތަކުން ވެސް އެތަނުގެ އިޖުތިމާއީ ޒިންމާގެ ދަށުން ބައެއް މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް ނިންމާފައިވާތީ އެ ސަރަހައްދުގައި މިހާރު ހިންގަމުން ގެންދާ ރެސްޓޯރެންޓްއާ ކެފޭތަކަށް ނެގުމަށް ނޯޓިސް ދީފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު މުއިއްޒު ވިދާޅުވީ މިތަންތަނަށް ސަރުކާރުން ބަދަލެއް ދޭން ނުޖެހޭ ގޮތަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާއިރު އާރޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ރޭވިފައިވާ ގޮތާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ނިންމަން ކަނޑައަޅާ ތާރީހުގައި ނިންމޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. އަދި މިމަޝްރޫއު ނިމޭއިރު މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫއާ ދާދިއެކު އެކީގައި ނިމޭއިރު މާލޭގެ އިރުމަތި ފަރާތާއި ބީޗް ފެންނަ ގޮތް ވަރަށް ރީތި ވާނެ ކަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް