ކ. މާލެ
|
16 މެއި 2018 | ބުދަ 15:06
ރޭސް3 ގެ ފުރަތަމަ ފެނިނުމުގައި ސަލްމާން ޚާން
ރޭސް3 ގެ ފުރަތަމަ ފެނިނުމުގައި ސަލްމާން ޚާން
ޓުވިޓާ / ސްވިޒަލޭންޑް
ރޭސް3
ރޭސް3ގެ ޓްރެއިލާ ނެރެފި
 
މި ފިލްމު ރިލީޒް ކުރާނީ ޖޫން 15 ގައި

މިއަންނަ ކުޑަ އީދުގައި ސިނަމާތަކަށް އަންނަ ސަލްމާން ޚާންގެ ފިލްމު ރޭސް3ގެ ޓްރެއިލާ އާންމު ކޮށްފިއެވެ.

ބޮބީ ޑިއޯލް އާއި ޖެކްލިން ފެނާންޑޭޒް އާއި ޑެއިޒީ ޝާހު، ސާޒިބް ސަލީމް އަދި އަނިލް ކަޕޫރާއި އެކު ސަލްމާން މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގައި ސަލްމާން ވަނީ އޭނާ އަމިއްލައަށް ލަވައެއް ލިޔެފައެވެ. އެ ލަވަޔަކީ ލޯބީގެ ލަވައެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާއެވެ. 

ޓްރެއިލާ ނެރުމާއެކު އެކި ފަރާތްތަކުގެ ތަރުހީބު މި ފިލްމަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ސަލްމާން މި ފިލްމުގައި ދައްކުވައިދީފައިވާ މޮޅު ހުނަރާއި "ސްޓަންޓް" ތަކަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. "ރޭސް 2"ގައި ޖެކްލިން ފެނިގެން ގޮސްފައި ވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. "ރޭސް 2" ރިލީޒްކޮށްފައި ވަނީ 2013 ގައެވެ. މި ދެ ފިލްމްގައި ވެސް ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދިޔަ އިރު މި ފަހަރުގެ ފިލްމުން އޭނާ ފެނިގެން ނުދާނެއެވެ.

ފިލްމުގެ ޝޮޓްތައް ނަގާފައި ވަނީ އަބޫދާބީގެ އިތުރުން އިންޑިއާގެ މުމްބާއީގައި އަދި ތައިލެންޑުގެ ބެންގްކޮކްގައެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް