ކ. މާލެ
|
16 މެއި 2018 | ބުދަ 15:19
ދަންބައިގެ ޝޫޓިންގެ ތެރެއިން
ދަންބައިގެ ޝޫޓިންގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖެ ޓީވީގެ ދަންބައި
ރާއްޖެޓީވީގެ ޕްރޮގްރާމް ދަންބައި މިރޭ 11 ޖަހާއިރު
 
ދަންބައި މިފަހަރު އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ 11 ޖަހާއިރު

ގިނަބައެއްގެ ތަރުހީބު ލިބިފައިވާ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ރާއްޖެޓީވީގެ ދަންބައި ޕްރޮގްރާމް މިރޭ 11 ޖަހާއިރު ގެނެސްދޭނެއެވެ.

ރޯދަމަހުގެ ކޮންމެ ބުދަ ދުވަހެއްގެ ރޭ 11 ޖަހާއިރު މި ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މިފަހަރު ވެސް ރާއްޖޭގައި ހިނގާފައިވާ ސިޔާސީ ހަރަކާތްތަކަށް އަލިއަޅުވާލާނެއެވެ.

ދަންބައި ޕްރޮގްރާމް ހުށައަޅައިދެނީއެ ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ރާއްޖެޓީވީގެ އެސިސްޓެންޓް ޗީފް ކެމެރާމަން އާދަމް  ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ސީނިއާ ވީޑިއޯ އެޑިޓަރ އާދަމް ސުފިޔާނެވެ. މިފަހަރުގެ ދަންބައިގަވެސް ގަމަރު ޚަބަރު ގެ ސެގްމެންޓް ހިމަނާފައިވާނެ ކަމަށް ޒަރީރު ބުންޏެވެ. ގަމަރު ޚަބަރުން ފެނިގެންދާނީ ރާއްޖެޓީވީގެ ލޮޖިސްޓިކް ޑިޕާޓްމެންޓުގެ ގަމަރުއްދީން ފަހުމީއާއި ރާއްޖެޓީވީގެ ފޮޓޯގްރާފަރ މުހައްމަދު ޝަރުހާން ވަހީދެވެ. އަދި މީގެ އިތުރުން ސީނިއާ ކެމެރާމަން އަހުމަދު މަމްދޫހު(މަންޑޭ)  އާއި އާއި ސީނިއާ އޮންއެއާ އޮޕަރޭޓަރ އައިމިނަތު މުހައްމަދު ފެނިގެންދާނެއެވެ. މިނޫންވެސް ރާއްޖެޓީވީގެ އެކި ސްޓާފުން މި ޕްރޮގްރާމުން ފެނިގެންދާނެއެވެ. ދަންބަޔަކީ ހަމައެކަނި ރާއްޖެޓީވީގެ ސްޓާފުން ފެނިގެންދާ މަޖާ ޑްރާމާ ޕްރޮގްރާމެކެވެ.

ޒަރީރު ވިދާޅުވީ 5 އަހަރު ދަންބައި ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަހަރުގެ" ދަންބައި"ގައި ތަފާތު ސެގްމެންޓްތަކާއި ކޮމެޑީ އެތައް ބައިތަކެއް ހިމެނިގެންދާނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒަރީރު ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ދަންބައި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑަކުން ވެސް ރާއްޖޭގައި ހިނގަމުންދާ ކަންތައްތައްކާއި ގުޅޭގޮތުން ރަނގަޅު މެސެޖެއް ލިބިގެންދާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް