ކ. މާލެ
|
16 މެއި 2018 | ބުދަ 12:55
ތައިވާންގެ ކުރީގެ ރައީސް މާ ޔިން ޖިއޯ
ތައިވާންގެ ކުރީގެ ރައީސް މާ ޔިން ޖިއޯ
ގެޓީ އިމޭޖަސް
ތައިވާން
ތައިވާނުގެ ކުރީގެ ރައީސް ހަތަރު މަހަށް ޖަލަށް
ހަތަރު މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އެމަނިކުފާނު ރައީސްކަން ކުރެއްވި އިރު ސިއްރު ކުރަންޖެހޭ މައުލޫމާތުތަކެއް ހާމަ ކުރެއްވި މައްސަލައެއްގައި

ތައިވާންގެ ކުރީގެ ރައީސް މާ ޔިން ޖިއޯ ހަތަރު މަހަށް ޖަލަށްލުމަށް ޓައިވާންގެ ހައިކޯޓަކުން ހުކުމްކޮށްފިއެވެ.

މާ އިން ޖިއޯ ހަތަރު މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އެމަނިކުފާނު ރައީސްކަން ކުރެއްވި އިރު ސިއްރު ކުރަންޖެހޭ މައުލޫމާތުތަކެއް ހާމަ ކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.

އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާ ފަދަ މައުލުމާތުތަކަކާއި އިދިކޮޅު މެންބަރެއް ކަމަށްވާ ލޯޔަރ ޗީން މިންގްގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރި މައްސަލައެކެވެ.

މާ ޔިން ޖިއޯ ޖަލަށް ލުމަށް ހުކުމް ކުރެއްވިއަސް ޖަލު ހުކުމުގެ ބަދަލުގައި 120،000ތައިވާނުގެ ފައިސާ ނުވަތަ 4019 ޑޮލަރު ދެއްކިދާނެ ކަމަށް ހުކުމް ކުރި ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް މާ ވިދާޅުވެފައިވާއިރު އެ މައްސަލައަކީ ލޯޔަރ ޗީން މިންގް 2013 ވަނަ އަހަރު މާ އާއި ދެކޮޅަށް ދައުވާ ކޮށްފައިވާ މައްސަލައެކެވެ. އެމައްސަލާގައި ދަށު ކޯޓުން އޭރު ވަނީ މާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައެވެ.

މި ހުކުމާއި ގުޅޭގޮތުން މާ މީޑިއާ ތަކަށް ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވާ މަސައްކަތަކީ އެމަނިކުފާނުގެ އަމިއްލަފުޅު ފައިދާއަށް ކުރައްވާ ކަންތައްތަކެއް ނޫން ކަމަށާއި ތައިވާނުގެ ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްކަމަށެވެ.

ތައިވާނުގައި މާ ވެރިކަން ކުރައްވާފައިވަނީ 2008 އިން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށެވެ. މިހާރު ތައިވާނުގައި ވެރިކަން ކުރައްވަނީ ސައީ އިންގް ވެންގްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް