ކ. މާލެ
|
16 މެއި 2018 | ބުދަ 11:12
ރައީސް ނަޝީދު: ރޯދައިގެ ތަހުނިޔާ ދަންނަވާފައިވޭ
ރައީސް ނަޝީދު: ރޯދައިގެ ތަހުނިޔާ ދަންނަވާފައިވޭ
ގޫގުލް
ކުރީގެ ރައީސް ނަޝީދު
ރައީސް ނަޝީދު ރޯދައިގެ ތަހުނިޔާ ދަންނަވައިފި
ރައީސް ނަޝީދު ވިދާޅުވީ އެންމެހާ ހެޔޮއެދުންވެސް ފޮނުވާ ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޯދަމަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވައިފިއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޯދައިގެ ތަހުނިޔާއާއި ހެޔޮއެދުން އެންމެހާ ބޭފުޅުންނަށް ދަންނަވާ ކަމަށެވެ.

މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު ރަމަޟާން މަހުގެ ހަނދާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ފަލަކީ އިލްމަށް ބަލާއިރު ރާއްޖެއާއި ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެންނާނެ ކަމަށް ލަފާކުރެވޭތީ މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް