ކ. މާލެ
|
16 މެއި 2018 | ބުދަ 09:50
އިންސާނީ ހައްޤުތަކާއި ބެހޭ ފޯރަމެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
އިންސާނީ ހައްޤުތަކާއި ބެހޭ ފޯރަމެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ކުރީގެ ރައީސް މުހައްމަދު ނަޝީދ
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އުދުވާންތައް ރައީސް ނަޝީދު ކުށްވެރިކުރައްވައިފި
ޢުދުވާންތަކަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ޖަރީމާއެއް

އަމިއްލަ ދިފާޢުގައި ކަންކަންކުރުމުގެ އިޚްތިޔާރު ކޮންމެ ޤައުމަކަށް އޮތްނަމަވެސް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ޢުދުވާންތަކަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ޖަރީމާއެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ސުލްހަ ޤާއިމްކުރެވޭނީ ދެ ދައުލަތް ޤާއިމްކޮށްގެންކަމަށެވެ. ރައީސް ނަޝީދު އިޝާރާތްކުރެއްވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވެން ޖެހޭނެ ކަމަށް ބައިނަލްއަޤްވާމީ މުޖްތައުން ޤަބޫލުކުރާ ހަމަޔަށެވެ. 

އިސްރާއީލް ސިފައިން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދުކުރަމުންދަނީ، އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމާއި ގުޅިގެން، އެކަމާއި އިހުތިޖާޖުކުރަން އެތައް ހާސް ރައްޔިތުންނެއް ޣައްޒާއާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގަށް ޖަމާވެ، އިހްތިޖާޖްކުރަމުންނެވެ. މި އިހްތިޖާޖުތަކުގައި ފަލަސްތީނިގެ ރައްޔިތުން އޮށްގައު އުކުމުން އިސްރާއީލް ސިފައިން ރައްދު ހަމަލާދެނީ ބަޑިއާއި ކަރުނަ ގޭހުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް