ކ. މާލެ
|
16 މެއި 2018 | ބުދަ 12:00
މީހަކު ދުއާ ކުރަނީ
މީހަކު ދުއާ ކުރަނީ
އޭޕީ
ރަމަޟާން 2018
އިސްލާމީ ގިނަ ގައުމުތަކަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ
ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިއަދު

ރާއްޖޭގައި މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައި ރޯދަ ހިފަން ފަށާފައިވާއިރު ދުނިޔޭގެ އެތަށް މިލިއަން މުސްލިމުންނެއް ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފާނީ ބުރާސްފަތި ދުވަހު(މާދަމާ) ކަމަށް ހަމަޖައްސައިފިއެވެ.

މުސްލިމު ގައުމުތަކުގެ ތެރެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމުގައި އެގައުމެއްގެ ކަލަންޑަރަށް ތަބާވާން ޖެހޭ ގައުމު ސައުދީ އަރަބިއްޔާއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ. އަދި މީގެ އިތުރުން ގިނަ އަދަދަކަށް މުސްލިމުން ތިބޭ ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ، މެލޭޝިއާ، ދެކުނު ކޮރެއާއާއި ޖަޕާނާއި، ސިންގަޕޫރު،ލުބްނާން، ދުބާއީގައި ރޯދަ ހިފާނީ މާދަމާއެވެ. ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީ އެގައުމުތަކުން ނިންމާފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އިންޑިއާ އަދި ޕާކިސްތާނުގައި ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަހެވެ.

އެހެން ނަމަވެސް ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ (މިއަދު) ބުދަ ދުވަހެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު ރަމަޟާން މަހުގެ ހަނދާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ފަލަކީ އިލްމަށް ބަލާއިރު ރާއްޖެއާއި ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެންނާނެ ކަމަށް ލަފާކުރެވޭތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

"އެކަން ގަބޫލުކޮށް، ރަމަޟާން މަހާ ޝައްވާލް މަހުގެ ހަނދު ބެލުމަށް ރާއްޖޭގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތިން، މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ މެއި މަހުން 16 ވާ ބުދަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅައި، ގަދަކީރިތި ވަންތަ މާތްﷲ ގެ ހަޟްރަތުން ވާގި އެދިގެން ހުރެ، ދިވެހިރާއްޖެއަށް 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ މެއި މަހުން 16 ވާ ބުދަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ." އެ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް