ކ. މާލެ
|
15 މެއި 2018 | އަންގާރަ 22:00
މަމްސް އެމްވީގެ މާހެފުމެއްގެ ތެރެއިން
މަމްސް އެމްވީގެ މާހެފުމެއްގެ ތެރެއިން
މަމްސް އެމްވީ
މަމްސް އެމްވީ މާހެފުން
މަމްސް އެމްވީގެ މާހެފުން ވަރަށް ފޯރިގަދަ!
މަމްސް އެމްވީ އިން ވަނީ މުޅި ރާއްޖޭގައި މަންމައިން އިސްނަގައިގެން އެކި ހިސާބުތަކުގައި މާހެފުން ބާއްވާފައި

މި އަހަރު ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މަމްސް އެމްވީ އިން ވަނީ މުޅި ރާއްޖޭގައި މަންމައިން އިސްނަގައިގެން އެކި ހިސާބުތަކުގައި މާހެފުން ބާއްވާ، މަންމައިންގެ މެދުގައި އެކުވެރިކަން އާލާކޮށް އެކަކު އަނެކަކާ ބައްދަލުވެ އުފާފާޅުކޮށްފިއެވެ.

މިމާހެފުން ބޭއްވި ރަށް ތަކުގެ ތެރޭގައި ލ.ގަން، ސ.މީދޫ، ހދ.ކުޅުދުއްފުށި، ހދ.މަކުނުދޫ، ކ.މާލެ، ކ.ހުޅުމާލެ، ވ.ފެލިދޫ، ސ.ފޭދޫ، ޅ.ނައިފަރު، ރ.ދުވާފަރު، ތ.ދިޔާމިގިލި، ޏ.ފުވައްމުލަކު، ކ.މާފުށި، އއ.ތޮއްޑޫ، ނ.ކެދިކޮޅުދޫ، ލ.ފޮނަދޫ ، ކ. ވިލިމާލެ އަދި މީގެ އިތުރުން ސްރީލަންކާ ހެމެނެއެވެ.

 މާހެފުމުގެ ހަފްލާގައި ޝަރަފުވެރި މެހެމާނުންނަށް ދައުވަތު އެރުވި، ބޮޑުބެރު ގުރޫޕްގެ މުނިފޫހި ފިލުވުމުގެ އިތުރުން ތަފާތު ކުޅިވަރުތައް ވެސް ވަނީ މިހަފުލާތަކުގައި ކުރިއަށް ގެންގޮސްފައެވެ. މިމާހެފުން ފުރިހަމަ ކުރުމަށްޓަކައި އެހީތެރިވެ ބުރަ މަސައަކަތްކޮށް ދެއްވި މަންމައިންނަށް މަންމްސް އެމްވީ އިން ޝުކުރު އަދާކޮށްފައެވެ.

 

މަމްސް އެމްވީގެ މާހެފުމެއްގެ ތެރެއިން 

މަންމްސް އެމްވީ އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދިވަހި މަންމައިން، މާބަޑު އަންހެނުން، ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބޭރު އަންހެނުން، އެކަނިވެރި މަންމައިން އަދި މަންމައިނަނަށް ވާން ބޭނުންވާ ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ހާއްސަ ޕްލެޓްފޯމް އެކެވެ.

މައުލޫމާތު ޙިއްސާކުރުމާއި، އެހީއަށް އެދޭ ފަރާތްތަކަށް މި ގްރޫޕްގެ މެމްބަރުން އެހީ  ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންގެ ހިޔާއަށް މި ގްރޫޕް މެމްބަރުންގެ ދީލަތި އެހީއާއި އެކު ތަފާތު ތަކެތި ވަނީ 2017 އަދި 2018 ވަނައަހަރު ވިލިގިލީ އަދި ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށްފައެވެ. ކޮންމެ އަހަރަކުވެސް މިފަދަ ޑޮނޭޝަންސް ދިނުމަށް ވަނީ ތާވަލް ކުރެވިފައެވެ.

 

މަމްސް އެމްވީގެ މާހެފުމެއްގެ ތެރެއިން 

މަންމްސް އެމްވީ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މައިންނަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްއެކެވެ. 2016 ގައި ފޭސްބުކް ޕްރައިވެޓް ގްރޫޕްއެއްގެ ގޮތުގައި ވަޖޫދަށް ގެނެވުނު މި ހާއްސަ ޕްލެޓްފޯމްގައި މިއަދު 18000 އަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް