ކ. މާލެ
|
15 މެއި 2018 | އަންގާރަ 21:41
އިސްލާމީ މަރުކަޒު: މާދަމާއަކީ މުލަ ރޯދަ ދުވަސް
އިސްލާމީ މަރުކަޒު: މާދަމާއަކީ މުލަ ރޯދަ ދުވަސް
ގޫގުލް
ރަމަޟާން 1439
މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި
ނިންމީ ފަލަކީ އިލްމަށް ބަލާފައި
ރާއްޖެއާއި ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެންނާނެ ކަމަށް ވަނީ ބެލެވިފައި
ހަނދު ސާބިތު ވުމުން އެމްއެންޑީއެފުން ވަނީ ހަތް ބަޑީގެ ސަލާމެއް ވެސް ދީފަ

މާދަމާއަކީ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު ރަމަޟާން މަހުގެ ހަނދާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ފަލަކީ އިލްމަށް ބަލާއިރު ރާއްޖެއާއި ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެންނާނެކަމަށް ލަފާކުރެވޭތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. 

"އެކަން ގަބޫލުކޮށް، ރަމަޟާން މަހާ ޝައްވާލް މަހުގެ ހަނދު ބެލުމަށް ރާއްޖޭގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތިން، މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ މެއި މަހުން 16 ވާ ބުދަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅައި، ގަދަކީރިތި ވަންތަ މާތްﷲ ގެ ހަޟްރަތުން ވާގި އެދިގެން ހުރެ، ދިވެހިރާއްޖެއަށް 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ މެއި މަހުން 16 ވާ ބުދަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،" އެ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރަމަޟާން މަސް ފެށެނީ މާދަމާ ކަމަށް ކުރި އިއުލާނާ އެކު، އެމްއެންޑީއެފުން ވަނީ ހަތް ބަޑީގެ ސަލާމެއް ވެސް ދީފަ އެވެ.ފަ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް