ކ. މާލެ
|
15 މެއި 2018 | އަންގާރަ 19:50
ރައީސް ނަޝީދު މއ ތަބައްގޭ މީހުންނާ ވާހަކަ ދައްކަވަނީ
ރައީސް ނަޝީދު މއ ތަބައްގޭ މީހުންނާ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ޑޯޓުޑޯ ހިންގަވަން ފައްޓަވައިފި
ފުރަތަމަ ފެށްޓެވީ މއ ތަބައްގޭ މީހުންނާއެކު
ގިނަ ބަޔަކު ދަނީ ރައީސް ނަޝީދާ ސްކައިޕް މެދުވެރިކޮށް ބައްދަލުވާން އެދެމުން
މިހާތަނަށް 2565 މީހުންނާ ރައީސް ނަޝީދު ސްކައިޕުން ވާހަކަ ދައްކަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ ކެމްޕެއިންގެ ތެރެއިން "ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ޑޯޓުޑޯ" ހިންގަވަން ފަށްޓަވައިފިއެވެ.

އެގޮތުން އެކަން ފެށުމުގެ ގޮތުން ރައީސް ނަޝީދުވަނީ މއ ތަބައްގޭގައި ދިރިއުޅޭ އާއިލާއަކާއެކު ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ. ކޮޅުނބުގައި ހުންނަވައިގެން ރައީސް ނަޝީދު އެގޭމީހުންގެ ހާލު އަހުވާލު ބައްލަވައި ތާއީދު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދުގެ ކެންޕެއިން މެނޭޖަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ވަރަށްގިނަ ޢާއިލާތަކުން ރައީސް ނަޝީދާ ސްކައިޕް މެދުވެރިކޮށް ބަދައްލުވުމަށް އެދެމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ހުރިހާ ގެއަކަށް އެފުރުސަތު ނުދެވުނު ނަމަވެސް ވީހާވެސް ގިނަ އާއިލާތަކާއި ރައީސް ނަޝީދާ ބައްދަލުވުމުގެ ފުރުސަތު ދެއްވޭތޯ މަސައްކަތް ކުރައްވާކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދާ އާއިލާތަކުން ބައްދަލުވުމުން ވަރަށް ބޮޑަށް އެއާއިލާތަކަށް ދިރުންލިބި މިހާރު މިއޮތް އަނިޔާވެރިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް އިތުރު ޖޯޝަކާއި ފޯރިއެއް ލިބިގެންދާކަން ފާހަގަކުރެވޭ ކަމަށެވެ.

މިހާތަނަށް ވަނީ 12 ރަށެއްގައި 29 ސަކައިޕް ސެޝަނެއް ބާއްވައިގެން 2565 މީހުންނާ ރައީސް ނަޝީދު ބައްދަލުކޮށް މުއާމަލާތު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް