ކ. މާލެ
|
15 މެއި 2018 | އަންގާރަ 20:58
މުސްލިމް ގައުމު ތަކުގައި ރޯދަ މަސް ފަށާ ދުވަސް ކަނޑައަޅަނީ ހަނދު ބަލައިގެން
މުސްލިމް ގައުމު ތަކުގައި ރޯދަ މަސް ފަށާ ދުވަސް ކަނޑައަޅަނީ ހަނދު ބަލައިގެން
ނޭޝަނަލް ޖިއޮގްރަފިކް
ރޯދަ މަސް
ރޯދަ މަހަށް ހަނދު ބެލުން
މެލޭޝިއާގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި
ސައުދީ އަށް ހަނދު ފެނުމުގެ ފުރުސަތު މިރޭ ކުޑަ
ޕާކިސްތާނުގައި ރޯދަ ފެށޭނީ ބުރާސްފަތީގައި ކަމަށް ރިޕޯޓްތައް ބުނޭ

މާދަމާ (ބުދަ ދުވަސް) އަކީ ދިވެހި ރާއްޖެ އަށް މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.

ސައުދީ އަރަބިއްޔާ އަށް އަންގާރަ ދުވަހުގެ ރޭ ރޯދަ މަހު ހަނދު ނުފެނުމާއެކު، މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މެއި މަހުގެ 17 ވާ ބުރާސްފަތި ދުވަސް ކަމަށް އެ ގައުމުން ކަނޑައަޅައިފިއެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމުގައިވާ އިންޑޮނީޝިއާ އިން އެ ގައުމަށް މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 17 މެއި ވާ ބުރާސްފަތި ދުވަސް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އިން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.

ސައުދީ އަރަބިއްޔާ އަށް މިރޭ ހަނދު ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހަނދު ބެލުމުގައި އެ ގައުމުގައި މަޝްހޫރު ދަޖުރިބާކާރަކު ހާމަ ކޮށްފިއެވެ.

މެލޭޝިއާގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މެއި 17 ވާ ބުރާސްފަތި ދުވަސް ކަމުގައި އެ ގައުމުން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.

ޕާކިސްތާނުގައި ރޯދަ މަސް ފެށޭ ދުވަހަކަށް ވާނީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ބެލޭ ކަމަށް އެ ގައުމުގެ މަޝްހޫރު އޮންލައިން ނޫހަކުން ހާމަ ކޮށްފިއެވެ.

އިރާގުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް އެ ގައުމުގެ ސުންނީ އެންޑޯވްމެންޓުން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް