ކ. މާލެ
|
15 މެއި 2018 | އަންގާރަ 15:17
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން
އިލެކްޝަންސް ކޮމިޝަން
ގައުމީ ލަފާދޭ ކޮމިޓީ
ރިޔާސީ އިންތިހާބަށް ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ބައްދަލުވުން ކުރިއަށްގެންދިޔައީ އެއް ގަޑިއިރަށް
ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު
ގައުމީ ލަފާދޭ ކޮމިޓީގައި ޖުމްލަ 17 ބޭފުޅުން ހިމެނޭ

ރިޔާސީ އިންތިހާބަށް ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ގައުމީ ލަފާދޭ ކޮމިޓީގެ ހާއްސަ ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތައާރަފްވުމާއި މަސައްކަތް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. 

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ 11:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގައި ޖުމްލަ 17 ބޭފުޅުން ހިމެނެ އެވެ. އެގޮތުން މިކޮމިޓީގައި ހިމެނެނީ ދައުލަތުގެ މުއައްސަސާތަކުން 10 ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 6 ބޭފުޅުންނާއި، ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ.

އިންތިހާބަށް ލަފާދޭ ކޮމިޓީ އެކުލަވާލާފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުންނެވެ. މި ކޮމިޓީން ރިޔާސީ އިންތިހާބާ ބެހޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ލަފާ ދޭނެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

އިންތިހާބު ބޭއްވުމަށް ހަތަރު މަހަށްވެފައިވާ އިރު ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގަައި ވާދަކުރައްވާނެ ކަން ވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީގެ ފަރާތުން ކެނޑިޑޭޓެއް ކަނޑައެޅުމަށްޓަކާއި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މިމަހުގެ 19ގެ ނިޔަލަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. ހަމައެހެންމެ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަޒީރާ ރައީސްގެ ނަމުގައި ޕްރައިމަރީގެ ކެމްޕެއިން ފައްޓަވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް