ކ. މާލެ
|
15 މެއި 2018 | އަންގާރަ 15:37
 ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ ގައި ތިއްބަވާ ބޭފުޅުން
 ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ ގައި ތިއްބަވާ ބޭފުޅުން
މުހައްމަދު ޝަރުހާން
އެސެޓްސް ރިކަވަރީ ކޮމިޝަން
އެސެޓްސް ރިކަވަރީ ކޮމިޝަނުގެ މުއްދަތު އިތުރު ކޮށްފި
މުއްދަތު އިތުރު ކޮށްފައިވަނީ ނޮވެމްބަރުމަހާ ހަމައަށް
ކޮމިޝަނުން ބަލަނީ ދައުލަތުން ގެއްލިފައިވާ ފައިސާ
ކޮމިޝަނުން މިހާތަނަށް ކުރެވުނު ކަންތައްތަކުގެ މައުލޫމާތު އާއްމުކުރި
ކޮމިޝަނުން މިހާތަނަށް ކުރެވުނު ކަންތައްތަކުގެ މައުލޫމާތު އާއްމުކުރި

ދައުލަތަށް ހިޔާނާތްވެފައިވާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އުފައްދާފައިވާ ކުންފުނި ކަމަށްވާ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ. 

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ޗެއާ އަދި  ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވީ މިއަހަރުގެ ޖުލައި މަހުގެ 20އަށް އެކޮމިޝަންގެ މުއްދަތު ހަމަވާނެ ކަމަށް ކުރިން ރައީސް ޔާމީން ނިންމަވާފައިވާކަމުގައި ވިއަސް ނޮވެންބަރު މަހާއި ހަމައަށް ކޮމިޝަނުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ގައި އުފެއްދި އެސެޓްސް ރިކަވަރީ ކޮމިޝަނުގައި ތިއްބަވަނީ ހޯމް މިނިސްޓަރު އަހުމަދު އަޒްލީންގެ އިތުރުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒާއި، ހަދީޖާ ހަސަނާއި، ޑރ. އިބްރާހިމް މަހުފޫޒުގެ އިތުރުން ރޭނީޒް އަހުމަދު ސަލީމެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް