ކ. މާލެ
|
15 މެއި 2018 | އަންގާރަ 11:51
ޖެންޑާރ މިނިސްޓަރު ޒެނީޝާ...
ޖެންޑާރ މިނިސްޓަރު ޒެނީޝާ...
އަލީ ޔޫސުފް
މިނިސްޓަރު ޒެނީޝާ
މަސައްކަތުގެ މާހައުލުގައި އަންހެނަކަށް ވީތީ ތަފާތު ގޮންޖެހުންތަކާއި ކުރިމަލިލާން ޖެހޭ: މިނިސްޓަރު ޒެނީޝާ
ވަޒީފާ އަދާކުރާ އަންހެނުންގެ 45 އިންސައްތައަކީ އަންހެނުން
މަސައްކަތުގެ މާހައުލުގައި މަތީ ފަންތިތަކާ ހަމައަށް ވާސިލްވުމަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހޭ

ވަޒީފާ އަދާކުރާ އަންހެނުންގެ 45 އިންސައްތައަކީ އަންހެނުން ކަމަށާއި ނަމަވެސް މަސައްކަތުގެ މާހައުލުގައި މަތީ ފަންތިތަކާ ހަމައަށް ވާސިލްވުމުގައި އަންހެނަކަށް ވީތީ ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭ ކަމަށް ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން، އަންހެނުންނަށް ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހިންގި ކޯސްތައް ނިންމި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރު ޒެނީޝާ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. ނަމަވެސް ވަކި ދާއިރާތަކަކީ ހަމައެކަނި ފިރިހެނުންނަށް ކުރިއަށް ދެވޭނެ ދާއިރާތަކެއްގެ ކަމަށް މިމުޖުތަމައުގެ ބައެއް މީހުން ދެކޭ ކަމަށާއި، މިއީ ހިތާމަ ކުރަންޖެހޭ ބޮޑު މައްސަލަ އެއް ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

ކަރަންޓާ ގުޅުން ހުރި މަސައްކަތްތަކަކީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަން ފާހަގަކުރައްވާ މިނިސްޓަރު ޒެނީޝާ ވިދާޅުވީ މިފަދަ ދާއިރާތަކުގައި ފަންނީ ގޮތުން މަސައްކަތްކުރާ އަންހެނުން ވެސް މަދު ކަމަށެވެ. މިއީ އެކަމުގެ ސަބަބުން ގައުމަށް އެކަމަގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރު ޒެނީޝާ ވިދާޅުވީ ރާއްޖޭގައި މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެނުން އަދި ވެސް ނިސްބަތުން މަދު ކަމަށާއި، މަތީ ފަންތިތަކާ ހަމައަށް ވާސިލްވުމުގައި އަދިވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ.

ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކޯސްތައް ނިންމި 150 ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ސްޓެލްކޯއިން އިފްތިތާހު ކުރި މިކޯސްތަކަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ކޯސްތަކެވެ. އަދި މިހާތަނަށް އަށް ބެޗެއް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް