ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:47
އެމެރިކާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ވަޒީރު ޖޯން ބޯލްޓަން
އެމެރިކާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ވަޒީރު ޖޯން ބޯލްޓަން
ޕޮލިޓިކްސް.ދައޮނިއަން
އެމެރިކާ - އުތުރު ކޮރެއާ
އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ބޭނުން ކަމަށް ބޯލްޓަން ވިދާޅުވެއްޖެ
މަގްސަދަކީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ބާރު އެޅުން
ނިއުކިލިއާ ހަތިޔާރު ތަހްލީލު ކުރާނެ

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އެމެރިކާއަށް ގެންނަން ބޭނުންވާ ކަމަށް އެ ގައުމުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ވަޒީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އެމެރިކާއަށް ގެންނަން ބޭނުންވަނީ ކިމް ޖޮންގް އުން ޑިނިއުކްލިއަރައިޒް ކުރުމަށް ވެފައިވާ ވައުދު ފުއްދަން ބާރު އެޅުމަށެވެ. އަދި ނިއުކްލިޔާ ހަތިޔާރުތައް ތެނެސީގައި ހުންނަ ސަރުކާރުގެ ލެބޯޓްރީ އެއްގައި ތަހްލީލު ކުރާނެކަމަށާއި އުތުރު ކޮރެއާއިން ހަތިޔާރު ފޮނުވަންވާނީ ރޫޅާލައިފައި ކަމަށެވެ.

"އަހަންނަށް ހީވަނީ މި ނިންމުން ތަންފީޒު ކޮށްފިއްޔާ ނިއުކްލިއާ ހަތިޔާރު އެއްކޮށް ނެތި، ހަތިޔާރުތައް އަތުން ބީވެގެން ގޮސް، އެބައިތައް (ތެނެސީގައިވާ) އޯކް ރިޖް (ލެބޯޓްރީ)އަށް ގެންދެވިގެން ދާނެ. މިއަށް ފަހު ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުން ކުރާ ޔުރޭނިއަމް އާއި ޕުލުޓޯނިއަމް އުފެއްދުމުގެ ގާބިލްކަން ވެސް ނެތި ގޮސް ބުލެސްޓިކް މިސައިލްގެ މައްސަލައަށް އަލިއަޅުވާލާ މިނޫނަސް ގިނަ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ"

އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ބުނީ ދުނިޔެއަށް ހުޅުވާ ލެވިގެން އެންމެންގެ ކުރިމަތީގައި ނިއުކްލިއާ ހަތިޔާރު އުފައްދާ މަރުކަޒު މޭ މަހު 23-25 އާ ދޭތެރޭ ނައްތާލެވޭ ވަރު ވާނެ ކަމަށާ އަދި އެމެރިކާގެ ޖާރނަލިސްޓުންނަށް އެތަން ބެލުމުގެ ދައުވަތު ވެސް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ލެބޯޓުރީގައި ޓެސްޓު ކުރުމަށް ފަހު އެއަށް ހަދާ ގޮތުގެ ވާހަކައެއް ބޯލްޓަން ވިދާޅުވެފައި ނުވާއިރު ތަހްލީލު ކުރާ ލެބޯޓްރީއަކީ އެ އެއްޗެހި ރައްކާ ކުރެވޭ ތަނެކެވެ. އަދި ނެޝަނަލް ސެކުރިޓީ ކޮމްޕްލެކްސް ވެސް ހުންނަނީ އެތާކައިރީގައެވެ. ގައްޒާފީގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައުލޫމާތު ރައްކާ ކުރެވިފައި ވަނީ ނެޝަނަލް ސެކުރިޓީ ކޮމްޕްލެކްސްގައެވެ.

ގައްޒާފީ ވަނީ ދުނިޔޭގެ ގޮވާލުންތަކަށް އިޖާބަދީ 2003 ވަނަ އަހަރު ލީބިއާ ނިއުކްލިއާ ނެތް ގައުމަކަށް ހަދާފައެވެ. އެހެން ނަމަވެސް އެމެރިކާ ހިމެނޭ ނޭޓޯއާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކާ ގުޅިގެން ވަނީ ގައްޒާފީ ވެރިކަމުން ދުރުކޮށް އާންމުން ތެރޭގައި ފިތުނަ ވެރިކަން އުފައްދާ، ހަމަނުޖެހުން ހިންގައި މުޒާހަރައިގެ ބައިވެރިން މެދުވެރިކޮށް ގައްޒާފީ މަރާލައިފައެވެ. 

 

- ކޮމެންޓް