ކ. މާލެ
|
15 މެއި 2018 | އަންގާރަ 10:55
އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ފަރުވާ ދިމުގެ ތެރެއިން
އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ފަރުވާ ދިމުގެ ތެރެއިން
ރޮއިޓަރސް
އިސްރާއީލް ފަލަސްތީނު މައްސަލަ
އިސްރާއީލް - ޣައްޒާ ބޯޑަރުގައި އިސްރާއީލުން ހޯމަ ދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިޔުންގެ އަދަދު 55 އަށް އަރައިފި
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ދަނީ ޤަތުލުއާންމެއް ކަަމަށް

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 55 އަށް އަރައިފި ކަމަށް އެންމެފަހުގެ ރިޕޯޓުތައް ބުނެެފިއެވެ.

މިއީ 2014 ގައި ޣައްޒާގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ހިނގައިދިޔަ އެންމެ ނުރައްކާތެރި ހަމަނުޖެހުންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީ ވަނީ ހުޅުވާފައެވެ. އަދި އެމްބަސީ ހުޅުވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްއަށް ޝުކުރު އަދާކުރައްވާފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާ ސަރުކާރުގެ ބޮޑު ވަފުދެއް ބައިވެރިވިއިރު އޭގެ ތެރޭގައި ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ ހިމެނިވަޑައިގަންނަވައެވެ

އިސްރާއީލު އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު އިސްރާއީލާ ދެކޮޅަށް ކުރިއަށް ދިޔަ އިހުތިޖާޖުގައި "ހަަމަނުޖެހުން އުފައްދަން ނުރައްކާތެރި ގޮތެއްގައި 40،000 މީހުން ހަރަކާތްތެރިވެފައިވެއެވެ." 

އެމެރިކާގެ އެމްބަސީ ހުޅުވާފައިވަނީ މިހާރުވެސް ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައި ކަމަށްވާއިރު ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.


 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް