ކ. މާލެ
|
15 މެއި 2018 | އަންގާރަ 09:11
ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އޯ ލެވެލް އިމްތިހާނު ހަދަނީ
ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އޯ ލެވެލް އިމްތިހާނު ހަދަނީ
މިހާރު
އޯ ލެވެލް އިމްތިހާނު
އޯލެވެލް އިމްތިހާނުގެ ބައިވެރިވުމަށް ހުޅުވާލައިފި
ޖޫން 4 ގެ ނިޔަލަށް އިމްތިހާނުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައި
މިދިޔަ އަހަރު 5300 ކުދިން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވޭ
ފަސް މާއްދާއިން ފާސްވި ކުދިން 77 ޕަސެންޓަށް ވަނީ އަރާފައި

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖު އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިމަހުގެ 14 އިން ޖޫން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިނޭޓުން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ އެ ސެންޓަރަކަށް ކަމަށް ޑީޕީއީ އިން ބުނެއެވެ.

ފޯމު ދޫކުރުމާއި ފޯމު ޗެކު ކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ހެނދުނު 8:30 އޮމް މެންދުރު 1:30 އަށެވެ. ރަމަޟާން މަހުގައި ފޯމު ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 1:45 އަށް ކަމަށް ޑީޕީއީ އިން ބުނެ އެވެ.

ފާއިތުވެދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 5300 ކުދިން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި އަތޮޅުތަކުން ބއިވެރިވި 3800 ކުދިންނާއި މާލޭގެ ސްކޫލުތަކުން ބައިވެރިވި 1500 ކުދިން ހިމެނެ އެވެ. މިފާއިތުވެދިޔަ އަހަރު އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު ވަނީ 77 ޕަސެންޓަށް އަރާފަ އެވެ. އަދި 3 މާއްދާއިން ފާސްވި ކުދިންގެ އަދަދު ވަނީ 93 ޕަސެންޓަށް އަރާފަ އެވެ. މީގެ އިތުރުން މާއްދާތަކުން "ޔޫ" ގްރޭޑް ލިބޭ ކުދިންގެ އަދަދު ވަނީ ހަތް ޕަސެންޓަށް ދަށް ކުރެވިފަ އެވެ. 2016 ވަނަ އަހަރު އޯ ލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު އުޅެނީ 70 ޕަސެންޓްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް