ކ. މާލެ
|
15 މެއި 2018 | އަންގާރަ 11:48
ކަރަން ޖޯހަރު
ކަރަން ޖޯހަރު
އޭއެފްޕީ
ކަރަން ޖޯހަރު
މަޔަކަށް ވީތީ ފަޚުރުވެރިވަން: ކަރަން
 
އޭނާއަށް ދަރިން ވަރަށް މުހިއްމު ކަމަށް އޭނާ ވަނީ ބުނެފައި

މަންމައަކަށްވީތީ ފަޚުރުވެރިވާ ކަމަށާއި އޭނާއަކީ އޭނާގެ ދެ ދަރިންގެ ބައްޕަގެ އިތުރުން މަންމަ ކަމަށް ކަރަން ޖޯހަރު ބުނެފިއެވެ.

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އެ  ދެ ކުދިންނަކީ ސަރޮގޭޓް މަންމައެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނާ) މެދުވެރިކޮށް ކަރަން ހޯދާފައިވާ ދެ ކުދިންނެވެ.

މަންމައިންގެ ދުވަހާއި ގުޅުވައިގެން ކަރަން ބުނެފައިވަނީ އޭނާ މަންމައަކަށް ވާތީ ފަޚުރުވެރިވާ ކަމަށާއި އޭނާއަށް ދަރިން ވަރަށް މުހިއްމު ކަމަށެވެ.

ކަރަން ބުނެފައި ވަނީ އޭނާއަށް އެންމެ މުހިންމީ ދަރިން ކަމަށާއި، މަސައްކަތާއި އެހެނިހެން ކަންކަން އަންނާނީ އެކުދިންގެ ފަހުގައި ކަމަށެވެ.

އަދި ދެ ކުދިން ތަރުބިއްޔަތު ކުރުމަށް އޭނާގެ މަންމަގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ. ކަރަން އަށް ލިބިފައިވާ އަންހެން ދަރިފުޅުގެ ނަމަކީ "ރޫހީ" އަދި ފިރިހެން ދަރިފުޅުގެ ނަމަކީ "ޔަޝް"އެވެ. ކަރަންގެ ފިރިހެން ދަރިފުޅަށް ނަންދީފައި މިވަނީ އޭނާގެ ބައްޕަ ޔަޝް ޖޯހަރުގެ ނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް