ކ. މާލެ
|
15 މެއި 2018 | އަންގާރަ 02:00
ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވަނީ
ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވަނީ
ޓްވިޓަރ
ރައީސް ނަޝީދު
ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
ކެންޑީގައި ތިބި ގިނަ އަދަދެއްގެ ދިވެހިންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވި

ސްރީލަންކާގެ ކެންޑީގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ކެންޑީގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވާފައިވަނީ، ހޯމަ ދުވަހުގެ ރޭގައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ ޝަރަފުގައި ކެންޑީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ހަދިޔާކުރި މާހެފުމަކާ ވެސް އެކުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިމަތިލާނެ ކެނޑިޑޭޓެއް ނެރުމަށް އެމްޑީޕީން ބާއްވަން ތައްޔާރު ވެފައިވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި "ޖަޒީރާ ރައީސް" ގެ ނަމުގައި އެމަނިކުފާނުގެ ކެމްޕެއިންގެ ހަރަކާތްތައް ސްރީ ލަންކާގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ފޯރިއާ އެކު ކުރިއަށް ދާކަން ފާހަގަ ކުރެވެއެވެ.

 

ކެންޑީގައި ތިބި ގިނަ އަދަދެއްގެ ދިވެހިންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވި

މި ބައްދަލުވުމުގައި ކެންޑީގައި ދިރިއުޅޭ އެމަނިކުފާނަށާއި އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

ރައީސް ނަޝީދު އަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވޯޓު ކަރުދާސް ކޮޅުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށާއި، އިންތިޚާބުގައި ޔާމީން ބަލި ކުރައްވާނެ ކަމުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް