ކ. މާލެ
|
15 މެއި 2018 | އަންގާރަ 05:15
ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ހަރުގޭގައި ވާހަކަ ދައްކަވަނީ
ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ހަރުގޭގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު މާލޭގެ ގޭގޭގެ އާއިލާތަކާ ވަކިން ވާހަކަ ދައްކަވަނީ
ސްކައިޕް މެދުވެރިކޮށް ވަކިވަކި އާއިލާތަކާ ވާހަކަ ދައްކަވަން ފައްޓަވާނީ އަންގާރަ ދުވަހު
ރޭ ވަނީ ހަރުގޭގައިވެސް ވާހަކަ ދައްކަވާފައި
މިހާރު ބައެއް ރަށްރަށުގެ ފަރާތްތަކާވެސް ވަނީ ވާހަކަ ދައްކަވާފައި

ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު މާލޭގެ ގޭގޭގެ އާއިލާތަކާ ވަކިވަކިން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ

އެމްޑީޕީ ހަރުގޭގައި ހޯމަ ދުވަހުގެރޭ ބޭއްވި ރައީސް ނަޝީދު ދެއްވި މާހެފުމެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ކެމްޕެއިން ކުރައްވާ ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނާ ރައީސް ނަޝީދު މިހާރު ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ގެންދަވާކަމަށެވެ. އެގޮތުން ގިނަ ރަށްތަކެއްގެ ރައްޔިތުން އެމަނިކުފާނާ ސްކައިޕް މެދުވެރިކޮށް ބައްދަލު ވެފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން މާލޭގައިވެސް އެކިއެކި އަތޮލޫތަކުގެ ބޭފުޅުންނާވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޚާއްޞަކޮށް މާލޭގެ ގޭގޭގެ ގޭތަކުގެ ޢާއިލާތަކާ ވަކިވަކިން ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެކަން ފެށުމުގެ ގޮތުން އަންގާރަ ދުވަހުގެ ހަވީރު މާލެގެ ގެއެއްގެ އާއިލާއާ ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މާހެފުމުގައި ބައިވެރިވި ފަރާތްތަކާ ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް