ކ. މާލެ
|
15 މެއި 2018 | އަންގާރަ 02:13
އަލީ ހަމީދު: ސިއްހީ ހާލަތު ދަށް ކަމަށް ވިދާޅުވި
އަލީ ހަމީދު: ސިއްހީ ހާލަތު ދަށް ކަމަށް ވިދާޅުވި
މުހައްމަދު ޝަރުހާން
ފަނޑިޔާރު އަލީ ހަމީދު
ނަފްސާނީ ބައްޔަށް އަލީ ހަމީދު ފަރުވާ ހޯއްދަވަން ފައްޓަވައިފި
ބަލީގެ ތަފްސީލާ ގުޅޭ ލިޔުންތައް ވަކީލުންނަށް ދީފައެއް ނުވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ނަފްސާނީ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކަށާއި ލޭ މައްޗަށް ދާތީ،  ފަރުވާ ހޯއްދަވަމުންނެވެ. ނަފްސާނީ ބައްޔަށް އަލީ ހަމީދު ފަރުވާ ހޯއްދަވަން ފައްޓަވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑު އެހުމުގައި، އޭނާ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު އޭނާ ބެއްލެވުމަށްފަހު، ތިން މަސް ދުވަހަށް ބޭސް ދެއްވާފައިވާ ކަމަށެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރެއް މާފުއްޓަށް ގެންގޮސްގެން އޭނާ ބައްލަވާފައި ވަނީ މިދިޔަ ބުދަ ދުވަހު ކުއްލި ގޮތަކަށް އައިޖީއެމްއެޗުގައި އެޑްމިޓްކުރުމަށްފަހު، ދޫކޮށްލި ފަހުން ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

ގޮނޑީގައި އިށީންނަވައިގެން، މަޑުމަޑުން ވާހަކަފުޅު ދެއްކަވަމުން އަލީ ހަމީދު ވިދާޅުވީ އޭނާއަށް ދެމުންދާ ނަފްސާނީ ބޭހާ ގުޅޭ ލިޔުންތައް ވަކީލުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ އެ ބައްޔާ ގުޅޭ ގޮތުން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީތައް ވަކީލުންނާ ހިއްސާ ކުރަންޖެހޭނެ ކަމަށާއި އެކަން ދައުލަތުން ފަހިކޮށްދިނުމަށެވެ.

އަލީ ހަމީދު ވިދާޅުވީ ބޮލުގެ އެއް ފަޅި އާއި އުނަގަނޑުން ތިރި އަދި ފައިގެ ފަލަމަސްގަނޑު އައްސިވެފައިވާ ކަމަށެވެ. ފުރިހަމަ ކުރަންޖެހޭ ސިއްހީ ކަންކަން ދައުލަތުން އޭނާއަށް ތަނަވަސްކޮށްދީފައި ނުވާ ކަމަށް ވިދާޅުވެ، އަލީ ހަމީދު ވަނީ ގާޒީ އަރިހުގައި އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.

ދުވަހުން ދުވަހަށް އަލީ ހަމީދުގެ ސިއްހީ ހާލަތު މޮނީޓާ ކުރަމަށް ކްރިމިނަލް ކޯޓުން ދައުލަތަށް އަންގާފައިވިޔަސް، އެކަން ފުރިހަމަ ނުކުރާތީ، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެކަން ބެލުމަށްފަހު، ދެން އޮންނަ ޝަރީއަތަކަށް އެކަމުގެ ތަފްސީލު ހުށަހެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް