ކ. މާލެ
|
15 މެއި 2018 | އަންގާރަ 00:31
ދައުލަތުން ދައުވާ ކޮށްފައިވާ 12 މެމްބަރުން ކްރިމިނަލް ކޯޓު ކުރިމަތީ ފޮޓޯއަކަށް ހުއްޓި
ދައުލަތުން ދައުވާ ކޮށްފައިވާ 12 މެމްބަރުން ކްރިމިނަލް ކޯޓު ކުރިމަތީ ފޮޓޯއަކަށް ހުއްޓި
މުހައްމަދު ޝަރުހާން
12 މެމްބަރުންގެ ގޮނޑި
ދުވަސްތަކަށްފަހު ފަހު 12 މެމްބަރުންގެ ދައުވާގެ އަޑުއެހުން މާދަމާ ފަށަނީ
އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޑިސެމްބަރު މަހު
އަޑުއެހުން އޮތީ ހެނދުނު 10.00ގައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް އަންގާރަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.

އަންގާރަ ދުވަހު އަޑުއެހުން ބާއްވަން ތާވަލުކޮށްފައި ވަނީ ހެނދުނު 10:00 އަށެވެ. އަދި މައްސަލައިގައި ކުރިއަށްދާނީ އިބްތިދާއީ އަޑުއެހުންތަކެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންނަށް ގާނޫނީ ވަކީލަކު ހަމަޖެހިފައި ނުވާތީ އަޑުއެހުން ކުރިއަށް ނުގެންގޮސް ހުއްޓާލި އެވެ. އޭގެ ފަހުން އަނެއްކާ މި އަޑުއެހުންތައް ފެށުމަށް އަލީ ހުސެއިން ކޯޓަށް ހާޒިކޮށް މި ހަފްތާގައި ވަނީ ވަކީލަކު އައްޔަން ކުރަން ފުރުސަތުދީފަ އެވެ.

އަލީ ހުސެއިން ފިޔަވައި އެ ދައުވާ ލިބޭ އަނެއް 11 މެންބަރުންގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގާނޫނީ ވަކީލް ހިސާން ހުސެއިންނާއި ނޫރުއްސަލާމް އަބޫބަކުރެވެ. ނަމަވެސް އެންމެ ފަހު ބޭއްވި އަޑުއެހުމުގައި 11 މެމްބަރުންގެ ފަރާތުން ހިސާން ހުސެއިން ވިދާޅުވީ އަލީ ހުސެއިންނާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އެހެން ކަމުން ގާޒީ ނިންމެވީ އަލީ ހުސެއިންނަށް ވަކީލަކު ހަމަޖެއްސުމަށް 5 ދުވަހުގެ މުހްލަތެއް ދެއްވުމަށް ފަހު ހުރިހާ މެމްބަރުންގެ ޝަރީއަތް އެއްކޮން ކުރިއަށް ގެންދެވުމަށެވެ.

މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މީގެ ތެރެއިން ވިލިނގިލި ދާއިރާގެ މެމްބަރު މެމްބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދުގެ އިތުރުން މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް