ކ. މާލެ
|
14 މެއި 2018 | ހޯމަ 18:39
މިހާރުގެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
މިހާރުގެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިޚާބަށް ޚާއްޞަކޮށް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި
ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު
ގައުމީ ލަފާދޭ ކޮމިޓީގައި ޖުމްލަ 17 ބޭފުޅުން ހިމެނޭ

ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފިއެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދާ ގައުމީ ލަފާދޭ ކޮމިޓީއަކީ އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ލަފާ ދިނުމަށް އުފައްދަން ގާނޫނުން ލާޒިމުކޮށްފައިވާ ކޮމިޓީ އެކެވެ.

ގައުމީ ލަފާދޭ ކޮމިޓީގައި ޖުމްލަ 17 ބޭފުޅުން ހިމެނެ އެވެ. އެގޮތުން މިކޮމިޓީގައި ހިމެނެނީ ދައުލަތުގެ މުއައްސަސާތަކުން 10 ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 6 ބޭފުޅުންނާއި، ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވެފައިވަނީ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލާފައިވަނީ އިދިކޮޅު ޕާޓީތައް ކަމަށްވާ އެމްޑީޕީއާއި ޖޭޕީވެސް ހިމެނޭ ގޮތަށް ކަމަށާއި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ބާއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
14 މެއި 2018 | ހޯމަ 13:50
ހަސަން
ދެން ކީއްކުރަނީ ކޮމިސަންގައި ބުނިގޮތެއް ހެދިގެން ތިބޭނީ؟ އެއްގޮތަކަށްވެސް ގަބޫލް ކުރަންތަދި ތިމީހުން ރަގަޅަށް އެންމެ ކަމެއްވެސް ކޮށްފާނެކަން