ކ. މާލެ
|
15 މެއި 2018 | އަންގާރަ 05:12
ރައްޔިތުން މަގުމައްޗަށް ނިކުމެ އުފާ ފާޅު ކުރަނީ
ރައްޔިތުން މަގުމައްޗަށް ނިކުމެ އުފާ ފާޅު ކުރަނީ
އޭއެފްޕީ
އީރާގުގެ އިންތިޚާބު
އީރާގުގެ މަޖްލީސް އިންތިޚާބު ބޮޑުވަޒީރާ އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރަނީ
އީރާގުގެ 18 ޕްރޮވިންސް ވޯޓްލާނެ
ވޯޓުލާ މީހުންގެ އިންސައްތަ ވަނީ މަދުވެފައި

ހޮނިހިރު ދުވަހު ބޭއްވި އީރާގުގެ ރައްޔިތުން މަޖްލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބޮޑުވަޒީރު ހައިދަރް އަލް އަބާދީއާ އިދިކޮޅު ފަރާތްތަކުން އިންތިޚާބް ގެ ބޮޑުބައެއް ކާމިޔާބު ކޮށްފިއެވެ.

އިންތިޚާބުގެ އޮފިޝަލުންގެ ބަސްމަގަށް ބަލާއިރު ބޮޑުވަޒީރު އަބާދީ ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރު ކޯލިޝަނުން ވަނީ އިންތިޚާބުގެ ތިންވަނައަށް ގޮސްފައި ކަމަށާއި ސަރުކާރު ކޯލިޝަނަށްވުރެ ކުރި ހޯދައިފައި ވަނީ މިލިޓިރީގެ ވެރިއެއް ހިންގަމުންދާ ޕާޓީއަކާއި ޝިއައިންގެ ލީޑަރެއް ހިންގަމުންދާ ކޯލިޝަންއެކެވެ.

މި އިންތިޚާބަކީ ސަރުކާރުން އައިސިސްއާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ކާމިޔާބުކަމަށް މިދިޔަ އަހަރު އިއުލާން ކުރުމަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބެވެ.

ހޯމަ ދުވަހު މެންދުރުފަހުގައި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނެއެވެ.

އީރާގުގެ 18 ޕްރޮވިންސްގެ ރައްޔިތުންގެ މަޖްލީސްގެ މެމްބަރުން އިޚްތިޔާރު ކުރުމަށް ރޭވިފަ އޮންނަ ގަވާއިދުގެ ސަބަބުން މަޖިލީހުގެ 329 ގޮޑިއަށް މެމްބަރުން ހޮވުމުގެ ދުވަސްތައް ދިގުލައިގެން ހިގައިދާނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ އިންސައްތަ ވަނީ އެހެން އަހަރު ތަކާ އަޅާ ބަލާއިރު ވަރަށް މަދުވެފައެވެ،

ވަގުތީ ނަތިޖާގައި އެންމެ ކުރީގައި އުޅެނީ ޝިއައިންގެ ލީޑަރެއް ހިންގަމުންދާ ކޯލިޝަންއެވެ. ޝިއައިންގެ ލީޑަރަށް ތާއީދު ކުރާ އާންމުން ވަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފައެވެ.

މިހާރުވެސް ވެރިކަން ހިންގަމުންދާ ޝިއައިންގެ ސަރުކާރަށް އައިސިސްއާ ދެކޮޅަށް ކުރި ހަގުރާމައިގެ ސަބަބުން ތަރުހީބު އިތުރުވެ ތާއީދު ލިބުނު ކަމުގައި ވީނަމަވެސް ތަރައްގީ އެންމެ ފުރިހަމަ މިނުގައި ތަރައްގީ ނުގެނެސް ދިނުމުގެ ސަބަބުން ލިބުނު ތާއީދުވެސް ވަނީ ވަރަށް ބޮޑުކޮށް ގެއްލިފައެވެ.

މަޖްލީސް އިންތިޚާބް ބާއްވައިފައި ވަނީ ޓުރަމްޕް ނިއުކިލިއަރ އެއްބަސް ވުމާއި ވަކިވިތާ ކުޑަ ދުވަސް ކޮޅެއްފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް