ކ. މާލެ
|
14 މެއި 2018 | ހޯމަ 12:30
ކުރީގެ ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
ކުރީގެ ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫނަށް އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލް ހުއްޓުވައިފި
މިކަމާ ގުޅޭގޮތުން ފުލުހުން ކޮމެންޓެއް ނުކުރި
އިއްްޔެ ބޭއްވަން ތާވަލުކުރި އަޑުއެހުމަށް ރައީސް މައުމޫން ހާޒިރު ނުކުރެވިގެން ވަނީ ކެންސަލް ކޮށްފަ
ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން ބުނޭ

ސަރުކާރުން ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތައް ހުއްޓުވައިފި އެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނަށް އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލުތައް ހުއްޓުވީ އާދިއްތަ ދުވަހު ފުލުހުންނަށް "އެއްބާރުލުން" ނެއްދެވި ކަމަށް ބުނެ ކަމަށެވެ. އާދީއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށް ރައީސް މައުމޫނަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީވެ އެވެ. 

 

ރައީސް މައުމޫން ފުލުހުންނަށް އެއްބާރުލުން ނުދިން ކަމަށް ބުނެ ހައްގުތައް އުނިކުރުމާ ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޖަލުގައި ހައްޔަރުކޮށްފައިވާ މީހަކު ބަލިވުމަކީ އަދަބު ދޭންޖެހޭ ކަމެއްކަން އެނގިގެން ހިނގެއްޖެ ކަމަށެވެ. 

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ. 

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ތާވަލް ކޮށްފައި އޮތީ ފުލުހުންގެ ތަހުގީގަށް ފޯނު ހަވާލުކޮށްފައި ނުވާތީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެކެވެ. އާދިއްތަ ދުވަހުގެ 15:00 އަށް ތާވަލް ކޮށްފައި އޮތް އެއަޑުއެހުމަށް ރައީސް މައުމޫން ހާޒިރު ނުކުރެވިގެންވަނީ ކެންސަލުކޮށްފަ އެވެ. 

މިދިއަ ހުކުރު ދުވަހު ރައީސް މައުމޫން އޭޑީކޭއަށް ގެނެސް ޓެސްޓްތަކެއް ހަދާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ އަނބިކަނބަލުން ނަސްރީނާ ވަނީ ދޫނިދޫއަށް ވެސް ވަޑައިގެންފައެވެ. އެގޮތުން ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެފައިވަނީ އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލައެއް ކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ގެ ސަބަބުންނެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

ޑޮކްޓަރު ވިދާޅުވެފައި ވަނީ ބަލީގެ ސަބަބުން ރައީސް މައުމޫން ވަރަށް ބޮޑަށް އަނބުރައިގަންނަ ކަމަށާއި، ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ބަލީގެ އުނދަގޫތައް ރައީސް މައުމޫނަށް ކުރިމަތިވާ މިންވަރުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ.

ހާލުކޮޅު ގޯސްވުމުގެ ސަބަބުން ރައީސް މައުމޫނަށް ކުރާ ބައެއް ދައުވާގެ އަޑުއެހުންތައް މީގެ ކުރިން ވެސް ކެންސަލުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 މެއި 2018 | ހޯމަ 13:50
ޤައިދީން އުޅުނީ
މިދިޔަ 150 އަހަރުވެސް ޤައިދީން އުޅުނީ ފޯނާ، އާއިލީގުލުންމާއެއްކޮށްނޫން! ދޯ
14 މެއި 2018 | ހޯމަ 11:15
ޤައިދީން އުޅުނީ
މިދިޔަ 150 އަހަރުވެސް ޤައިދީން އުޅުނީ ފޯނާ، އާއިލީގުލުންމާއެއްކޮށްނޫން! ދޯ