ކ. މާލެ
|
14 މެއި 2018 | ހޯމަ 12:36
ކުރީގެ ބަންޑާރަ ނައިބު އަދި ފުންނާބުއުސް ގާނޫނީ ވަކީލު ހުސްނުއްސުއޫދުު
ކުރީގެ ބަންޑާރަ ނައިބު އަދި ފުންނާބުއުސް ގާނޫނީ ވަކީލު ހުސްނުއްސުއޫދުު
މުހައްމަދު ޝަރުހާން
ކުރީގެ ބަންޑާރަ ނައިބު ސުއޫދު
އަމިއްލައަށް ކުރާ ކަންތައްތަކުން ނިކުންނަ ނަތީޖާއާމެދު ވިސްނާލުމަށް ސުއޫދު ގޮވާލައްވައިފި
ގާނޫނީ ވަކީލުން ދައްކަވާ ވާހަކައަށްވުރެ ބޮޑަށް، އަމިއްލައަށް ކުރެވޭ ކަންކަމާމެދު ވިސްނާލުން ރަނގަޅު
ވެރިންގެ ގޮތުގައި ކުރިން ތިއްބެވި ގާޒީންނާއި ފަނޑިޔާރުން މިހާރު ކުރަމުންދާ ތަޖުރިބާއިން އިބްރަތް ހާސިލް ކުރަންޖެހޭ
ކްރިމިނަލް ކޯޓުން ވަނީ ސުއޫދު ސަސްޕެންޑް ކުރައްވާފައި

ގާނުނީ ވަކީލުން ދައްކާ ވާހަކަތަކަށް ވުރެ ބޮޑަށް ކޯޓުން އަމިއްލައަށް ކުރާ ކަންތައްތަކުން ނިކުންނަ ނަތީޖާއާމެދު ވިސްނުމަށް ކުރީގެ ބަނޑާރަ ނައިބު އަދި ފުންނާބުއުސް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގޮވާލައްވައިފިއެވެ. 

ކްރިމިނަލް ކޯޓަށް ނިސްބަތްކޮށް، ސުއޫދު ކްރެއްވި ޓްވީޓެއްގައި އެގޮތަށް ގޮވާލެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރުމުން ގާނޫނީ ވަކީލު ހިސާން ހުސައިން ރާއްޖެޓީވީއަށް ދެއްވި އިއްޓަވިއުއަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ. 

ކްރިމިނަލް ކޯޓުން ކުރާ ހުރިހާ ކަމަކީ ރަނގަޅު ކަންތައްތަކަށް ނުވެދާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީން ކަމަށްވާ އަބްދުﷲ މުހައްމަދާއި (އަބްދުﷲ ގާޒީ) އަބްދުލްބާރީ ޔޫސުފްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މިހާރު ދިމާވެފައިވާ ކަންކަމުން ތަޖުރިބާ ލިބިގަނެ، ވަގުތު ފާއިތު ނުވަނީސް ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށް ސުއޫދު ވަނީ ގޮވާލައްވާފަ އެވެ.

ދައުލަތުގެ އިސް ބޭފުޅުންތަކެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތްތަކާއި ގުޅިގެން މީގެ ކުރިން ވެސް މީޑިއާތަކުގައި ދެއްކެވި ވާހަކަތަކަކައި ގުޅިގެން ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. 

ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ސުއޫދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ސުއޫދު ހުންނެވީ ހަމަ މިފަދަ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ސަސްޕެންޑް ކުރައްވާފަ އެވެ. 

ހިސާންގެ އިތުރުން ވެސް އެހެން ބައެއް ވަކީލުން ވެސް ކްރިމިނަލް ކޯޓަށް މީގެ ކުރިން ހާޒިރުކޮށްފައި ވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް