ކ. މާލެ
|
14 މެއި 2018 | ހޯމަ 14:05
ސިނަމާއެއް
ސިނަމާއެއް
ގޫގުލް
އައިމެކްސް
އައިމެކްސްވެސް ސައުދީ އަރަބިއާއަށް
ސައުދީގައި އާންމުކޮށް ސިނަމާ ހުޅުވާފައިވަނީ މެއި 18 ގައި

އާންމުކޮށް ފިލްމު ދެއްކުން މަނާ ކޮށްފައި އޮތް އޮތުން ގާތްގަނޑަކަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށްފަހު ނިމުމަކަށް ގެނެސް ސައުދީ އަރަބިއްޔާގައި ސިނަމާއެއްހަދައި ހުޅުވާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.

ސައުދީގައި އަލުން އާންމު ސިނަމާ ހުޅުވުމަށްފަހު، އެ ޤައުމުން މިހާރު ވަނީ އެ ޤައުމުގައި 4D ސިނަމާ ހުޅުވުމަށް ކުންފުންޏަކާއި މަޝްވަރާ ކޮށްފައެވެ.

ސައުދީ ސިނަމާތަކާއި ގުޅިގެން އެންމެ ފަހުގެ ޚަބަރަކީ، އެގައުމުގައި އައިމެކްސް ފޯމެޓްގައި ފިލްމު ދެއްކޭނެ ސިނަމާތައް ގާއިމްކުރި ޚަބަރެވެ. މިދިޔަ މެއި މަހުގެ 30 ގައި ސައުދީގެ ރިޔާޒްގައި ވަނީ އައިމެކްސް ސިނަމާއެއް ހުޅުވާފައެވެ. ސައުދީގެ ޖެނެރެލް ކަލްޗަރ އޮތޯރިޓީއާއެކު ހެދި އެއްބަސްވުމުގައި، ސައުދީގައި އައިމެކްސް ޓެކްނޮލޮޖީ އާއިއެކު ވިއްސާއި ތިރީހާއި ދެމެދުގެ އަދަދަކަށް ސިނަމާ ގާއިމް ކުރަން ނިންމާފައިވާ ކަމަށާއި މި ސިނަމާތައް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ގާއިމްކުރުމަށް މިހާރު ކުންފުނިތަކާއި މަޝްވަރާކޮށްފައިވާ ކަމަށް އައިމެކްސްގެ ސީއީއޯ ރިޗް ގެލްފޮންޑް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސައުދީގައި ހަދާ ފިލްމުތަކާއި ޑޮކިއުމެންޓްރީތައް އައިމެކްސް ފޯމެޓްގައި ހެދުމަށާއި އިންޓަނޭޝަނަލް މާކެޓަށް ފިލްމުތައް ނެރެދިނުން ހިމެނޭ ކަމަށެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދި ޑިވެލޮޕްމެންޓް އެންޑް އިންވެސްޓްމެންޓް އެންޓަރޓެއިން ކޮމްޕެނީއާއި އޭއެމްސީ އެންޓަރޓެއިންމެންޓް ގުޅިގެން މިދިޔަ މަހުގެ 18 ގައި އެންމެ ފުރަތަމަ ސިނަމާ ހުޅުވާފައިވަނީ ރިޔާޒްގައި ހުންނަ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައެވެ.

ސައުދީއާއި އެ ގައުމުން ބޭރުގެ އެތައް މެހެމާނުންނެއް ހާޒިރުވި މި ރަސްމިއްޔާތުގައި ސިނަމާގައި ފުރަތަމަ އަޅުވާފައިވަނީ މާވެލްގެ ސުޕަހީރޯ ފިލްމު ބްލެކް ޕެންތާއެވެ.

- ކޮމެންޓް