ޤާނޫނީ ވަކީލަކާއެކު، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ޔުމްނާއަށް ވަކީލަކު އައްޔަނުކުރުމަށް ފަސް ދުވަސް ދީފައިވާއިރު، ޔުމްނާ މައުމޫން އާދިއްތަ ދުވަހު ފުލުހުންގެ އިދާރާއަށް ވަޑައިގެންފައިވަނީ ވަކީލް މޫސާ ސިރާޖާއެކުގަ އެވެ. އާދިއްތަ ދުވަހު ޔުމްނާއާއިއެކު، ދުންޔާވެސް ފުލުހުންގެ އިދާރާ ހިމެނޭ ސަރަހައްދަށް ވަޑައިގެންފައިވެއެވެ.
Qaanoona khilaafah Sarukaaru vattaalumah masaiykai kuri kamah thuhumath koh PPM Council Member @yumna_maumoon anehkaaves Fulus Office ah haazirukohfi pic.twitter.com/occaadRRGj
— MDP Secretariat (@MDPSecretariat) May 13, 2018
ޔުމްނާ މައުމޫންގެ މައްޗަށްވެސް ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި، ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އޭގެއިތުރުން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެ، ނިމުނު ހަތަރު ޝަރީއަތަށްވެސް އެމަނިކުފާނު ކޯޓަށް ހާޒިރުކުރެވިފައެއް ނުވެއެވެ.