ކ. މާލެ
|
13 މެއި 2018 | އާދީއްތަ 22:07
ގާނޫނީ ވަކީލު ހިސާން ހުސެއިން:- އޭނާގެ މައްސަލައެއް ކްރިމިނަލް ކޯޓުން ދަނީ ބަލަމުން
ގާނޫނީ ވަކީލު ހިސާން ހުސެއިން:- އޭނާގެ މައްސަލައެއް ކްރިމިނަލް ކޯޓުން ދަނީ ބަލަމުން
މުރުޝިދް އަބްދުލް ހަކީީމް
ކްރިމިނަލް ކޯޓް
ހިސާން ކޯޓަށް ހާޒިރު ކުރުމަކީ ބިރު ދެއްކުމުގެ އަމަލެއް: ނަޝީދު
ބަލަމުންދަނީ އަބްދުﷲ ސައީދަށް ކުރި ހުކުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ
ހިސާން ކޯޓަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހުގެ ހެނދުނު

ކްރިމިނަލް ކޯޓުން އިއްވި ހުކުމަކާ ގުޅޭ ގޮތުން ގާނޫނީ ވަކީލު ހިސާން ހުސެއިން މީޑިޔާއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިސާން ކޯޓަށް ހާޒިރުކުރުމަކީ ބިރު ދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކަށް ދެވޭ "ހަމަލާއެއް" ކަމަށްވެސް އެމަނިކުފާނުގެ އެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހިސާން ހާޒިރުވުމަށް އަންގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10.00ގައެވެ. ހިސާނަށް ފޮނުވާފައިވާ ޗިޓްގައިވާ ގޮތުން އޭނާ ކޯޓަށް ހާޒިރު ވުމަށް އަންގާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން މީޑިޔާއަށް ދީފައިވާ މައުލޫމާތަކާ ގުޅިގެންނެވެ.

ގާނޫނީ ވަކީލު ހިސާން އާއި މެމްބަރު ރޮޒައިނާއި ރައީސް ނަޝީދުއާއެކު ފޮޓޯއަކަށް ހުއްޓި:- ހިސާން ކޯޓަށް ހާޒިރުކުރާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައިއެވެ. 

މިމަހުގެ 10 ވަނަ ދުވަހުއޮތް ޝަރީއަތުގައި އެދެބޭފުޅުންގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމައި އެކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެ ދެބޭފުޅުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިފަހުން ކޯޓުން ނިކުންނަވާ ހިސާން އިންޓަވިއު ދެއްވާފައިވަނީ ހަމައެކަނި ރާއްޖެ ޓީވީއަށެވެ.  ހިސާނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ގާސިމްގެ އިތުރުން ރައީސް ނަޝީދުގެ ވެސް ގާނޫނީ ވަކީލެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް