ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:50
ވެހިކަލަށް މުދާ އަރުވަނީ: ރޯދަމަހު ދުވާލުގެ ބައެއް ގަޑިތަކުގައި މުދާ އުފުލޭނެ
ވެހިކަލަށް މުދާ އަރުވަނީ: ރޯދަމަހު ދުވާލުގެ ބައެއް ގަޑިތަކުގައި މުދާ އުފުލޭނެ
މުހައްމަދު ޝަރުހާން
ރޯދަ ޚަބަރު
ރޯދަމަހު ދުވާލުވެސް މުދާ އުފުލޭ ގޮތަށް ހަމަޖައްސައިފި
އިރުއޮއްސި 6:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވެހިކަލްގައި މުދާ އުފުލޭނެ
ކައްކާ ގޭހާއި، ފެން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ވެހިކަލްތަކުގައި އުފުލޭނެ

ރޯދަމަހު ދުވާލުވެސް މާލޭގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި މުދާ އުފުލޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރޯދަ މަހު އިރުއޮއްސި 6:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވިޔަފާރި އުސޫލުން މުދާ އުފުލުމަށް ވެހިކަލް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި  ކައްކާ ގޭހާއި، ފެން އަދި 350 ކިލޯއަށް ވުރެ ލުއި މުދާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް ވެހިކަލްތަކުގައި އުފުލޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ އިއުލާންގައި ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ ހަވީރު 3:00 އިން ފެށިގެން ހަވީރު 6:00 އަށް ވިޔަފާރީގެ އުސޫލުން ގަނޑުކޮށް އެއްވެސް ބާވަތެއްގެ މުދަލެއް ވެހިކަލްތަކުގައި އުފުލުން މަނާކޮށްފައިވާ ކަމަށެވެ.

މާލޭގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި މުދާ އުފުލާ ގަޑިތަކެއް ކަނޑައަޅާ އެ އުސޫލަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެއުސޫލުގައި ބުނެފައިވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އުފުލޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 މެއި 2018 | އާދީއްތަ 13:37
chips
dheenaa gaumattakaa rey alhukan nukoh mudhaa ufulaafa dhuvaalu nidhaairu yaameenu hoveytho dhuvaa koh dhevvaa