ކ. މާލެ
|
13 މެއި 2018 | އާދީއްތަ 17:46
ހިސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ހިސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޓްވިޓަރ
ހިސާން ހުސައިން
ރާއްޖެ ޓީވީއަށް ދިން އިންޓަރވިއުއަކާ ގުޅިގެން ހިސާން ކޯޓަށް ހާޒިރު ކުރަނީ
ހާޒިރު ކުރަނީ މާދަމާ ހެނދުނު 10 ޖަހާއިރު
ހާޒިރުވާން އެންގީ ކްރިމިނަލް ކޯޓަށް
އެމައްސަލައަކީ އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދު، ޤާޟީންނަށް ނުފޫޒް ފޯރުވި މައްސަލަ

ޝަރީޢަތުގެ މަޖިލިސް ނިންމެވުމަށްފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއަކާއި ގުޅިގެން ޤާނޫނީ ވަކީލް ހިސާން ހުސައިން ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ކްރިމިނަލް ކޯޓަށް މާދަމާ ހެނދުނު 10 ޖަހާއިރު ހިސާން ހާޒިރުވުމަށް އަންގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ހިސާން ހާޒިރުކުރާ ބޭނުމެއް ކަމުގައި ބުނެފައިވަނީ އެކޯޓުގެ ނަމްބަރު 252/Cr-C/2018 ޤަޟިއްޔާ ނިމުނު ފަހުން މީޑިޔާއަށް ދީފައިވާ މައުލޫމާތަކާއި ގުޅިގެން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެޤަޟިއްޔާއަކީ ވަކި ގޮތަކަށް އަމުރު ނެރުމަށް ދެ ގާޒީ އަކަށް ނުފޫޒުފޯރުވި ކަމަށްބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ދައުވާގެ ޤަޟިއްޔާއެވެ.

މިމަހުގެ 10 ވަނަ ދުވަހުއޮތް ޝަރީއަތުގައި އެދެބޭފުޅުންގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމައި އެކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެ ދެބޭފުޅުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިފަހުން ކޯޓުން ނިކުންނަވާ ހިސާން އިންޓަވިއު ދެއްވާފައިވަނީ ހަމައެކަނި ރާއްޖެ ޓީވީއަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް