ރަމަޟާން މަހާއި ގުޅުންހުރި ތަފާތު މަޢުލޫމާތުތައް ހިމަނައިގެން ކުޑަކުދިންނަށްޓަކައި ވަރަށް ޚާއްސަ ފޮތެއް ނެރެފިއެވެ.
"ރަމަޟާން އެކްޓިވިޓީ ބުކް ފޯރ ކިޑްސް" ގެ ނަމުގައި އިނގިރޭސިބަހުން މަރިޔަމް އީމާން އިބްރާހިމް ލިޔުއްވާފއިވާ ފޮތުގެ ފުރަތަމަ އަދަދު ނެރެފައިވަނީ މިދިޔަ އަހަރުއެވެ. ބަދަލުތަކަކާއެކު މިއަހަރު ނެރުނު ދެވަނަ އަދަދުގައި ކުޑަކުދިންނަށް ޚާއްސަ 30 މަސައްކަތް ހިމާނާފައިވެއެވެ.
އުމުރުން ހަތް އަހަރުން މަތީގެ ކުދިންނަށް ޚާއްސަ ކުރެވިފައިވާ މިފޮތުގައި މަސައްކަތްތައް ހިމަނާފައިވަނީ އެކުދިން ޝައުޤުވެރިވާނެ ފަދަގޮތަކަށް ރަމަޟާން މަހުގެ ފުރިހަމަ މަޢުލޫމާތު ލިބޭނެ ފަދަގޮތަކަށެވެ.
މިފޮތް ނެރެފައިވާ ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފާސްކޮށް، ނޭޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ގިންތި ކުރެވިގެންނެވެ. މި ފޮތް ލިބެން ހުންނާނީ އަސްރަފީ، ނޮވެލްޓީ އަދި ރައުންޑް ވަން ބުކްޝޮޕުންނެވެ. ފޮތުގެ އަގަކީ 50 ރުފިޔާއެވެ.