ކ. މާލެ
|
13 މެއި 2018 | އާދީއްތަ 15:16
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ހޮވުނު މެމްބަރުން އެމަނިކުފާނަށް ރޯދައިގެ ކުރިން ހުކުމް ކުރާތަން ދެކެން ބޭނުން!
މެލޭޝިއާގެ އާއްމު އިންތިހާބުގައި ނުކުތްފަދަ ނަތީޖާއެއް ރާއްޖޭގައި ބާއްވާ އިންތިހާބުގައި ނުކުމެދާނެ ކަމުގެ ބިރު އެ މެމްބަރުންނަށް އެބައޮތް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން މި ފެށޭ ރޯދަމަހުގެ ކުރިން އެމަނިކުފާނަށް ހުކުމްކުރާ މަންޒަރު ދެކެން ބޭނުންވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ އާއްމު އިންތިހާބުގައި ނުކުތް ފަދަ ނަތީޖާއެއް ރާއްޖޭގައި ބާއްވާ އިންތިހާބުގައި ނުކުމެދާނެ ކަމުގެ ބިރަށްޓަކައި ރައީސް މައުމޫންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން މި ފެށޭ ރޯދަ މަހުގެ ކުރިން އެމަނިކުފާނަށް ހުކުމް ކުރާތަން ދެކެން ބޭނުންވާނެ ކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވެސް މިފަދައިން ކަންކަން ހިންގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މައުމޫންގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ. އެހެން ނަމަވެސް މިއީ އެމަނިކުފާނުގެ މައްޗަށް ހުކުމްކުރަން އަވަސްކުރަން ޖެހޭ ސަބަބެއް ކަމުގައި ނުދެކޭ ކަމަށް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.  

ރައީސް މައުމޫން މިފަދައިން ގަބޫލްކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ މައްޗަށް ސަރުކާރުން ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. ހަމައެހެންމެ އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ޖަލު ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 މެއި 2018 | ހޯމަ 09:07
ހުސޭނު
ހެން މީހުންގެ މައްޗަށް ރިޝަވަތާއި، ޓެރަރިޒަމްގެ ބަދުނާމް އަޅުވަނީ ރާއްޖޭގެ މުލު ޓެރަރިސްޓް