ކ. މާލެ
|
13 މެއި 2018 | އާދީއްތަ 15:40
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ދިއްދޫ ޖަލްސާ
މިގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ނަޝީދަށް: ދިއްުދޫ ކައުންސިލްގެ ރައީސް
ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުން ވަނީ ބިކަ ހާލުގައި ޖައްސާފައި
ރައްޔިތުން ބޭނުންވަނީ ރައްޔިތުންނާއި ގާތުން ގައުމު ހިންގާނެ ވެރިއެއް
މުޅި ގައުމު ހަމަމަގަށް އަޅުވޭނެ ގާބިލް ބޭފުޅަކަށް ހުންނެވީ ހަމައެކަނި ރައީސް ނަޝީދު
ދިއްދޫ ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައީސް ޔާމިން އެންމެ ފަހަރަކު ވެސް އެރަށަށް ވަޑައިނުގަންނަވާ

މިގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގެ ގާބިލްކަން ހަމައެކަނި ލިބިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގައި ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ދިއްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހާޝިމް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުން ބިކަ ހާލުގައި ޖައްސާފައިވާ ކަމަށެވެހާޝިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނާއި ގާތުން ގައުމު ހިންގާނެ ވެރިއެއް ކަމަށާއި، މުޅި ގައުމު ހަމަމަގަށް އެޅުވޭނެ ގާބިލް ބޭފުޅަކަށް ހުންނެވީ ހަމައެކަނި ރައީސް ނަޝީދު ކަމަށެވެ.

ހާޝިމް ވިދާޅުވީ މިސަރުކާރުގެ ހިޔާނާތައި ވައްކަމުގެ ރިޕޯޓުތައް ނެރެނީ އޭސީސީންނާއި، ދައުލަތުގެ އޮޑިޓާރ ޖެނެރަލް އޮފީހުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ ސަރުކާރަކީ ވައްކަމާއި، ފޭރުމާއި، ކޮރަޕްޝަނުން އިންތިހާއަށް ބޮޑު ސަރުކާރެއް ކަމަށް ސާބިތުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ ގައުމަށް ތަރައްގީ ގެންނަނީ ބޮޑެތި އިމާރާތްތަކުން ދައުލަތް ނުއަގުގައި ދަރުވާލައިގެން ކަމަށެވެ. އަދި މިގޮތަށް ގެންނަ ތަރައްގީ ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

" ކޮރަޕްޝަން އިންޑެކްސްގައި ދުނިޔޭގެ ލެވަލްގައި ދިވެހިރާއްޖެ އޮތީ ނޯތް ކޮރެއާ ހިސާބުގައި. ވައްކަން ކުރުމާއި މައުލޫމާތު ހާމަކުރުމާއި މިހުރިހާ މިންގަނޑަކުން ބަލާއިރު ރާއްޖެ ވެއްޓިފައިވަނީ ވަރަށް ބޮޑު އަދަވަޅަކަށް. މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އަރައިގަނެވެން އަންނަނީ އަޅުގަނޑުމެންގެ ވެރިކަމުގެ މުގޫ މިހާރު މިތިއްބެވި ބޭފުޅުން އަތުލައި އަޅުގަނޑުމެންގެ ރައިސް ހަވާލުކޮށްގެން" ހާޝިމް ވިދާޅުވިއެވެ.

ހއ. ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ވިދާޅުވީ ރައީސް ޔާމިން ވެރިކަމުގެ ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު އެންމެ ފަހަރަކު ވެސް އެރަށު ރައްޔިތުންގެ ހާލު ބެއްލެވުމަށް ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ހައްޔަރުގައި ހުންނަވައިގެން ދިއްދޫގެ ރައްޔިތުންގެ ހާލު ރައީސް ނަޝީދު ބައްލަލައްވާފައިވާކަން ހާޝިމް ފާހަގަކުރެއްވިއެވެ.

ހާޝިމް ވިދާޅުވީ ދިއްދޫގެ ތަރައްގީއަށް ރައީސް ޔާމިންގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްދީފައި ނުވާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި 34 މިލިއަން ރުފީޔާ އެރަށަށް އިންވެސްޓް ކޮށްދެއްވި ކަމަށެވެ. އެރަށުގެ ބިން ހިއްކަވައިދެއްވާ ސްކޫލުގެ އިމާރާތެއް އަޅުއްވައިދެއްވި ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް އިތުރަށް ވިދާޅުވީ ރަމަޟާން މަހަށް މިސްކިތްތައް އާބާތުރަ ފިލުވުމަށް ވެސް ބަޖެއްދީފައި ނުވާ ކަމަށެވެ. އަދި ރަމަޟާން މަހު ތަރާވިސް ނަމާދު ކުރުމަށް ހާފިޒުން ހޯދީ ވެސް ރައްޔިތުން އަމިއްލައަށް ރައްޔިތުން ފައިސާދޭ ގޮތަށް ކަމަށް ވެސް ހާޝިމް ފާހަގަކުރެއްވިއެވެ. 

މިސަބަބުތަކަށްޓަކައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ހާޝިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
13 މެއި 2018 | އާދީއްތަ 11:11
Sola
Thee dhoge kaly hama adhireee