ކ. މާލެ
|
14 މެއި 2018 | ހޯމަ 11:38
ދަންބައިގެ ޝޫޓިންގެ ތެރެއިން
ދަންބައިގެ ޝޫޓިންގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖެ ޓީވީގެ ދަންބައި
ރާއްޖެޓީވީގެ ދަންބައިގެ ޓްރެއިލާ ނެރެފި
 
ދަންބައި މިފަހަރު އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ 11 ޖަހާއިރު

މެދުކެނޑުމެއްނެތި ރާއްޖެޓީވީން ކޮންމެ ރޯދަ މަހެއްގައި ގެނެސްދޭ ޕްރޮގްރާމް ކަމަށްވާ ދަންބައިގެ މިފަހަރުގެ ޓްރެއިލާ ނެރެފިއެވެ.

ރޯދަމަހުގެ ކޮންމެ ބުދަދުވަހެއްގެ ރޭ 11 ޖަހާއިރު މި ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މިފަހަރުވެސް ރާއްޖޭގައި ހިނގާފައިވާ ސިޔާސީ ހަރަކާތްތަކަށް އަލިއަޅުވާލާނެއެވެ.

ދަންބަޔާއި ބެހޭގޮތުން ވާހަކަ ދައްކަމުން އެ ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ރާއްޖެޓީވީގެ އެސިސްޓެންޓް ޗީފް ކެމެރާމަން އާދަމް ޒަރީރު ވިދާޅުވީ 5 އަހަރު ދަންބައި ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަހަރުގެ" ދަންބައި"ގައި ތަފާތު ސެގްމެންޓްތަކާއި ކޮމެޑީ އެތައް ބައިތަކެއް ހިމެނިގެންދާނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒަރީރު ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ދަންބައި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑަކުންވެސް ރާއްޖޭގައި ހިނގަމުންދާ ކަންތައްތައްކާއި ގުޅޭގޮތުން ރަނގަޅު މެސެޖެއް ލިބިގެންދާނެކަމަށެވެ.

ދަންބައި ޕްރޮގްރާމް ހުށައަޅައިދެނީ ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ސީނިއާ ވީޑިއޯ އެޑިޓަރ އާދަމް ސުފިޔާނެވެ. މިފަހަރުގެ ދަންބައިގަވެސް ގަމަރު ޚަބަރު ގެ ސެގްމެންޓް ހިމަނާފައިވާނެކަމަށް ޒަރީރު ބުންޏެވެ. ގަމަރު ޚަބަރުން ފެނިގެންދާނީ ރާއްޖެޓީވީގެ ލޮޖިސްޓިކް ޑިޕާޓްމެންޓުގެ ގަމަރުއްދީން ފަހުމީއާއި ރާއްޖެޓީވީގެ ފޮޓޯގްރާފަރ އަހުމަދު ޝަރުހާނެވެ. އަދި މީގެ އިތުރުން ސީނިއާ ކެމެރާމަން އަހުމަދު މަމްދޫހު(މަންޑޭ)  އާއި އާއި ސީނިއާ އޮންއެއާ އޮޕަރޭޓަރ އައިމިނަތު މުހައްމަދު ފެނިގެންދާނެއެވެ. މިނޫންވެސް ރާއްޖެޓީވީގެ އެކި ސްޓާފުން މި ޕްރޮގްރާމުން ފެނިގެންދާނެއެވެ. ދަންބަޔަކީ ހަމައެކަނި ރާއްޖެޓީވީގެ ސްޓާފުން ފެނިގެންދާ މަޖާ ޑްރާމާ ޕްރޮގްރާމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް