އިންޑޮނީޝިއާގެ ސުރަބާޔާގައި ނަސާރާއިންގެ ފައްޅި ތަކަކަށް ބޮމުގެ ހަމަލާ ތަކެއް ދީފިއެވެ.
އާދިއްތަ ދުވަހު ހެނދުނު ހިނގި މިހާދިސާގައި މިހާ ތަނަށް މަދުވެގެން ހަ މީހުން މަރުވެފައިވާ ކަމަށް އިންޑޮނީޝިއާގެ ފުލުހުން ވަނީ ބުނެފައެވެ.
ހަމަލާގައި 35 ށް ވުރެ ގިނަ މީހުން ޒަޚަމް ވެފައިވާ ކަމަށްވެސް ރޮއިޓާސް އިން ބުނެފައި ވެއެވެ.
ފުލުހުން މީޑިއާ އަށް ދިން މައުލޫމާތުގައިވާ ގޮތުން ހަމަލާދިނީ ޖާނުން ފިދާވި ބަޔެކެވެ.
ހަމަލާ އަމާޒު ކޮށްފައިވަނީ ތިން ފައްޅި އަކަށް ކަމަށާއި މިހާތަނަށް 35 މީހުން ޒަހަމް ވެގެން ހަސްފަތާލުތަކަށް ވަނީ ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ހަމަލާގެ ޒިންމާ ވަކި ބަޔަކު އަދި މިހާތަނަށް އުފުލާފައެއް ނުވެއެވެ.
ހަމަލާ އާ ގުޅިގެން ސުރަބާޔާގެ ހުރިހާ ފައްޅި ތަކެއް ވަގުތީ ގޮތުން ބަންދު ކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.