އޭނާގެ ފިލްމީ ކެރިއާގައި އެންމެ ބޭނުން ވަނީ ހުރިހާ އެވޯޑެއްގެވެސް އެންމެ ކުރި ކަމަށް ފިލްމީ ތަރި އާލިއާ ބަޓް ބުނެފިއެވެ.
އާލިއާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ލަވަކިޔުންތެރިއަކަށް ވާންކަމަށާއި އަދި އޭނާ ބޭނުންވަނީ "ފެޝަނިސްޓަކަށް" ވާން ކަމަށެވެ. ހަމަ އެގޮތަށް އޭނާ ބޭނުންވަނީ ބާއްވާ ހުރިހާ އެވޯޑްތަކެއްގެ "ފަސްޓް" ގެންދަން ކަމަށް އާލިއާ ބުންޏެވެ. އަދި މީގެ އިތުރުން ނެޝަނަލް އެވޯޑް ހޯދުމަކީ އޭނާގެ ޓާގެޓް ކަމަށް އާލިއާ ބުންޏެވެ. މިދިޔަ އަހަރުވެސް އާލިއާ ވަނީ ނެޝަނަލް އެވޯޑާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާއަށް ނެޝަނަލް އެވޯޑް ހައްގު ކަމަށް އެންމެ ދެކެވުނީ އޭނާގެ ފިލްމު "އުޅުތާ ޕަންޖާބް" ގައި ދައްކުވައިދީފައިވާ ރޯލަށް ބެލުންތެރިންގެ ތަރުހީބު ލިބިއޭނާއަށް ނެޝަނަލް އެވޯޑް ހައްގު ކަމަށް އޭނާގެ ފޭނުން ބުނަން ފެށުމުންނެވެ. އާލިއާ ބުނެފައިވަނީ އޭނާއަށް ނެޝަނަލް ފިލްމު އެވޯޑް ނުލިބުމުން ދެރަނުވާ ކަމަށާއި އަދި އޭނާއަށް ވަގުތު އެބައޮތް ކަމަށެވެ. "އުޅުތާ ޕަންޖާބް" ގައި އާލިޔާ ކުޅެފައި ވަނީ ބިހާރީ އަންހެން ކުއްޖެއްގެ ރޯލެވެ.
އާލިއާ ބަޓް މި ދާއިރާގައި އުޅޭތާ މިހާރު ވަނީ 6 އަހަރު ވެފައެވެ. 2012 ވަނަ އަހަރުގެ ސްޓޫޑެންޓް އޮފްދަ އިޔާއިން ފިލްމީދާއިރާއަށް ނިކުތް އާލިއާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައެވެ. އޭނާގެ އެންމެ ފަހުން ނިކުތް ފިލްމަކީ ރާޒީއެވެ. އާލިއާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ޒޯޔާ އަޚްތަރުގެ ގަލީ ބޯއި އާއި އަޔާން ކުކްރަޖީގެ ބްރަހްމަސްތްރާ ހިމެނެއެވެ. އަދި މީގެ އިތުރުން އަބީޝެކް ވަރްމާގެ ކަލްންކް އިންވެސް އޭނާ ފެނިގެންދާނެއެވެ.