ކ. މާލެ
|
13 މެއި 2018 | އާދީއްތަ 07:01
ޕެރިހުގައި ދިން ހަމަލާއަށްފަހު ފުލުހުން މަގުމަތީގައި ފޯރިމަރަނީ
ޕެރިހުގައި ދިން ހަމަލާއަށްފަހު ފުލުހުން މަގުމަތީގައި ފޯރިމަރަނީ
ގޫގުލް
ޕެރިސްގައި ދިން ހަމަ
ޕެރިހުގައި ދައީޝް ޖަމާޢަތުން ވަޅީގެ ހަމަލާއެއް ދީފި
ހަމަލާގައި އެކަކު މަރުވެފައިވާއިރު 4 މީހަކު ޒަޚަމްވެފައިވޭ

ފްރާންސްގެ ވެރިރަށް ޕެރިހުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފިއެވެ.

ރޭ ދަންވަރު ދިން މި ހަމަލާގެ ޒިންމާ ހަނގުރާމަވެރި ދައީޝް (އައިއެސް) ޖަމާޢަތުން އުފުލާފައިވާއިރު، ޕެރިހުގެ ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލާފައެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވާ މުނިފޫހިފިލުވުމުގެ އެކި މަރުކަޒުތައް ޤާއިމްކޮށްފައިވާ ސަރަޙައްދެކެވެ.

ހަމަލާގެ ޒިންމާ ދައީޝް ޖަމާޢަތުން އުފުލާފައި ވީނަމަވެސް، ހަމަލާ ދިން މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާއަށްފަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ފްރާންސް ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، " އަނެއްކާވެސް ފްރާންސް ލެއިން އަގު އަދާކޮށްފި" ކަމަށާއި، "މިނިވަންކަމުގެ ހަތުރުންނަށް އެންމެ އިންޗިއެއްވެސް ނުދޭނެ" ކަމަށެވެ.

ފުލުހުން ބުނީ ހަމަލާ ދިން މީހާ ފުރަތަމަ ހަމަލާ ދޭން ފަށާފައިވަނީ މަގުމަތީގައި ހުރެގެން މަގުންދާ އެކިއެކި މީހުންނަށް އަމާޒުކޮށް ކަމަށާއި، ފަހުން އެ ސަރަޙައްދުގައި ތިބި މީހުން ބިރުން އެ ސަރަޙައްދުގައި ހުރި ކެފޭ ރެސްޓޯރަންޓްތަކަށް ވަދެ ފިލުމުން، އޭނާ އެތަންތަނަށްވެސް ވަނުމަށް މަސައްކަތް ކުރި ކަމަށެވެ.

ފްރާންސްގެ ފުލުހުން މިހާރު ދަނީ މި ހަމަލާ، ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން.

ހަމަލާ ދިން މީހާ ހުއްޓުވުމަށް ފުލުހުން ފުރަތަމަ ބޭނުންކޮށްފައިވަނީ ސްޓަން ގަން ކަމަށާއި، ނަމަވެސް އެގޮތް ފެއިލްވުމުން. އޭނާގެ ގަޔަށް ބަޑިޖަހައި މަރާލީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާގައި އެކަކު މަރުވެފައިވއިރު، އޭގެ އިތުރުން 4 މީހަކަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ.                                                                                                                                                                                                                                                                                                    

- ކޮމެންޓް