ކ. މާލެ
|
13 މެއި 2018 | އާދީއްތަ 03:35
އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ތެރެއިން
އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީގައި ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފި
ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމާފަ

މެއި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ހަމަޖައްސައިފިއެވެ.

ވޯޓު ފޮށިތަށް ބަހައްޓަން ހަމަޖައްސާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ސްރީލާންކާގެ ކޮލޮމްބޯ އަދި ކެންޑީގެ އިތުރުން އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި ބެންގަލޫރު އަދި މެލޭޝިޔާގެ ކުއަލާލަމްޕޫރުގައެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަނުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މެއި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެޕާޓީގެ އަސާސީ ޤަވައިދު ބުނާ ގޮތުން ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޕާޓީންގެ ގައުމީ މަޖިލީހުން 5 މެމްބަރުންގެ ކޮމެޓީއެއް ނަގަންޖެހޭ ކަމަށެވެ. މެއި މަހުގެ 15 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާއިރު، އަސާސީ ޤަވައިދާ އެއްގޮތަށް ފަސް މެމްބަރުންގެ ކޮމެޓީ މިހާރު ނަގާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ފަސް މެމްބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި، ޒުވާނުންގެ ރޫހުގެ ރައީސް މީކާއިލް ނަސީމްގެ އިތުރުން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަނިކެއެވެ. އެ ފަސް މެމްބަރުންގެ ބެލުމުގެ ދަށުން ޕްރައިމަރީ ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް މިހާރުވެސް ވަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެއެވެ.

އެމްޑީޕީގެ ޕްރައިމަރީ މެއި 30 ވަނަ ދުވަހު ބާއްވަން އެ ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބޭނީ މެއި މަހުގެ 15 ގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕްކަން ހޯދައިވާފައިވާ މެމްބަރުންނަން ކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް