މި މަހުގެ 30ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ހއ. ދިއްދޫގައި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ ބާއްވަނީ ދިއްދޫ ހަރުގޭގައެވެ. ހުކުރު ދުވަހުގެ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާއި ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ވަނީ ދިއްދޫއަށް ވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ހިތަދޫގައި ބާއްވާފައެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދެވެ.