އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފައި ވަނީ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާއި ގުޅިގެންނެވެ. އަލަށް ބޭނުން ކުރަން ފަށާފައި ވަނީ ވިލު ނޫކުލައަށްދާ ޔުނީފޯމެކެވެ. އަދި ހުދު ކުލަ އާއި ވިލު ނޫކުލައިގެ މާތަކެއް ވެސް ޖަހާފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ އެ ޔުނީފޯމް ބޭނުންކުރަނީ ހަމަ އެކަނި އެ ހޮސްޕިޓަލް ތެރޭގައި ކަމަށެވެ. އެހެންކަމުން ކުރިއަކޭ އެއްގޮތަށް ދެން ޔުނީފޯމް ބޭނުންކުރާނީ އެ ހޮސްޕިޓަލް ތެރޭގައެވެ.
އެ ހޮސްޕިޓަލުން ބުނީ އެބަދުލު ގެނައީ ނަރުހުންނަކީ ބަލި މީހުންނާ އެންމެ ގާތުން ޙިދުމަތްދޭ މީހުން ކަމަށްވާއިރު، ސާފްތާހިރުކަން ރަނގަޅު ކުރުމަށް ކަމަށެވެ.
މިއީ އައިޖީއެމްއެޗުން ޔުނީފޯމް ބަދަލު ކުރި މިއީ ދެ ވަނަ ފަހަރެއެވެ. އެންމެ ކުރިން ނަރުހުން ހުދު ކުލައިގެ އެވެ