ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރައިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އަދި ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން އުތުރާއި މެދުތެރެއަށް ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 10 މޭލާއި ދެމެދު ބާރުމިނުގައި ކަމަށެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
މީގެ އިތުރަށް މެޓް އޮފީހުން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.