އީރާނުން ބޭނުން ކުރަމުން ދާ ސީރިއާގައި ސަރަހައްދު ތަކަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކޮށްފިއެވެ.
އިރާނުން ވަނީ ސީރިއާއަށް އިޒްރާއިލުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ހަމަލާ ދިނުމަކީ ސީރިއާގެ މިނިވަން ކަމަށް އަރައި ގަތުން ކަމަށް ބުނެފައެވެ. އެއާއެކު އީރާނުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ސީރިއާއަށް ފޮނުވާފައެވެ.
ސީރިއާއިން ވަނީ ރައްދުގައި ގޯލާންގެ އުސް ބިންތަކުގައިވާ އިޒްރާއީލުގެ ސަރަހައްދުތަކަށް ހަމަލާ ދީފައެވެ.
އީރާނުގެ ގިނަ އަދަދެއްގެ ސިފައިން ވެސް ވަނީ ސީރިއާ އަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި ސީރިއާގެ އަސްކަރިއްޔާ އަށް ލަފާ ދިނުމަށް ޚާއްސަ ވަފުދެއްވެސް ފޮނުވިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ބަހުރާމް ގާސިމީ ވިދާޅުވީ އިޒްރޭލުން ދެމުންގެންދާ އުދުއާންތަކަށް ބައިނަލްއަގުވާމީ ދުނިޔެ މަޑުން އޮތުމަކީ އިޒްރޭލަށް ލިބެމުންދާ ހިތްވަރެއް ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުރާސްފަތި ދުވަހު ބުނެފައިވަނީ ރަތް ރޮނގު އީރާނުން ހުރަސް ކޮށްފައިވާ ކަމަށާއި އެގައުމުން ހަމަލާ ދެމުންގެންދަނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ގޯލާން އަށް ޒިޔާރަތް ކުރުމަށް ފަހު ޔަހޫދީ ގައުމު ކަމަށްވާ އިޒްރޭލުގެ ދިފާއީ ވަޒީރު ވަނީ ސީރިއާގައި ތިބި ހުރިހާ ސިފައިން ފޮނުވާލުމަށް ގޮވާލައިފަ އެވެ.