ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 10:49
ނަޖީބު ރައްޒާގާއި އަނބިކަނބަލުން
ނަޖީބު ރައްޒާގާއި އަނބިކަނބަލުން
އޭއެފްޕީ
ނަޖީބު ރައްޒާޤް
ނަޖީބު ރައްޒާގާއި އަނބިކަނބަލުން މެލޭޝިއާއިން ފުރުން މަނާކޮށްފި
އިންތިހާބުން ނާކާމިޔާބުވުމުގެ ޒިންމާ ނަޖީބު ވަނީ ނަންގަވާފައި
ނަޖީބު ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލާނެ ކަމަށް މަހާތީރު ވަނީ ވިދާޅުވެފައި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އަނބިކަނބަލުން ރޮސްމާ މަންސޫރު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފިއެވެ.

މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ނަޖީބާއި އަނބިކަނބަލުން ބްލެކް ލިސްޓްކުރީ، އެ ދެ ބޭފުޅުން ހޮނިހިރު ދުވަހު ފުރާވަޑައިގެންނެވުމަށް ނިންމަވާފައިވަނިކޮށެވެ. ހޮނިހިރު ދުވަހު ފުރައިވަޑައިގަންނަވާ ކަމަށް ނަޖީބު ވެސް ވަނީ ފޭސްބުކްގައި ވިދާޅުވެފައެވެ.

އެ ދެ ބޭފުޅުން ބްލެކް ލިސްޓްކޮށްފައިވާ މެލޭޝިއާގެ ބައެއް މީޑިއާތަކުގައި ކުރިން ބުނި ނަމަވެސް އެކަން އެގައުމުގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ދިގުކުރި އެވެ. ނަމަވެސް ނަޖީބާއި އަނބިކަނބަލުން ބްލެކް ލިސްޓްކޮށްފައިވާ ކަމަށް މެލޭޝިއާ ގަޑިން މިއަދު 11:30 ގައި އިމިގްރޭޝަން ޑިޕާޓްމެންޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ވެރިކަން 61 އަހަރަށް ފަހު ނިމުމަކަށް އައިސްފައިވާއިރު، ނަޖީބު މިއަދު ފޭސްބުކްގައި ވިދާޅުވެފައިވަނީ އިންތިހާބު ލިބުނު ނާކާމިޔާބީގެ ޒިންމާ އެ މަނިކުފާނު ނަންގަވާ ކަމަށެވެ. އަދި އިންތިހާބަށް ފަހު އާއިލާއެކު އަރާމްކޮށްލުމަށް ވަގުތުކޮޅެއް ހޭދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޖީބުގެ ބަރިސަން ނެޝަނަލް ޕާޓީއަށް އިންތިހާބު ނާކާމިޔާބުވެފައި ވާއިރު، އާ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެފައިވަނީ ބަދަލު ހިފުމެއް ނެތް ކަމަށާއި  ނަމަވެސް، ނަޖީބުގެ ސަރުކާރުން ހިންގު ހިޔާނާތުގެ މައްސަލަތައް ބަލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް