ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 10:35
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
ރާއްޖެ އެމްވީ
ހަސަން ލަތީފް
ސިޔާސީ ޕާޓީތަކުގެ ފައިސާއަކީ މުނައްވަރަށް ވާރުތަވި އެއްޗެއް ނޫން: ހަސަން ލަތީފް
އެފައިސާއަކީ އެތައް ހާސް ރައްޔިތުންގެ ހައްޤު މިލްކެއް
އަދި އެފައިސާއަށް ޚިޔާނާތްތެރިވެ، އަބަދު ނުހުންނޭވެނެ

ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާއަކީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރަށް އާއިލާއިން ވާރުތަވީ ފައިސާއެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ދޫކުރަން ޖެހޭ ފައިސާ ދޫކުރަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް، އެފައިސާ ނުދޭ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވަނިކޮށް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފައިސާއަކީ އެތައް ހާސް ރައްޔިތުންގެ ހައްޤު މިލްކެއްކަމަށެވެ. 

އަދި އެފައިސާއަށް ޚިޔާނާތްތެރިވެ، އަބަދު ހުންނެވޭނެ ކަމަށް މިނިސްޓަރ މުނައްވަރު ހީފުޅު ނުކުރެއްވުމަށް ހަސަން ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ހަމަޔަށް ދޫނުކޮށްގެން އުޅެނީ ފިނޭންސް މިނިސްޓްރީއިން ފައިސާ ނުދޭ ކަމަށް ބުނެއެވެ. އެންމެ ފުރަތަމަ ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް ފޮނުވިއިރު އިލެކްޝަންސް ކޮމިޝަނުން، އޮޑިޓް ރިޕޯޓް ހުށަނާޅާ ކަމަށް ބުނެ އެމްޑީޕީއަށް ދޭން ޖެހޭ ފައިސާ ހޯދަން ފޮނުވާފައެއް ނުވެއެވެ. އޭރު ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތު ހަމައެއް ނުވެއެވެ. އެހެން ނަމަވެސް އެމްޑީޕީއިން ފަހުން އޮޑިޓް ރިޕޯޓް ހުށަހެޅިއެވެ.

އިލެކްޝަންސްގެ ދަފްތަރުގައި އެމްޑީޕީގެ 29،759 މެމްބަރުން ތިބުމުން އެޕާޓީއަށް މިއަހަރު 7.5 މިލިއަން ލިބެން ޖެހެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 މެއި 2018 | ހޮނިހިރު 07:40
ކިމް އުންގް
މުނައްވަރު ވެސް ދެން މޮޅު ވާހަކަ އެއް ދައްކާލަނީ ދޯ. ހަގީގަތަކީ، އޭނާ އެއް ނޫން ފިނޭންސް ހިންގަނީ. އޭނާ އަކީ ކުޑަކުޑަ ބޯއީ އެއް. މިނިސްޓްރީ ހިންގަން ރައީސް ތިބޭނެ މިނިސްޓަރުންގެ ފެންވަރުގައި ދެ މުޝީރުން ލާފައ