ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 13:42
ރައީސް މުހައްމަދު ނަޝީދާއި ޑރ. ޖަމީލު
ރައީސް މުހައްމަދު ނަޝީދާއި ޑރ. ޖަމީލު
ޓްވިޓަރ
ޑރ. ޖަމީލު
ރައީސް ނަޝީދަށް ޑރ. ޖަމީލުގެ ރައްދު: މަޖިލިސް ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫން
މަޖިލިސް ތެރެއިން ވެރިކަންކުރަން ހިފުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވި
ޖަމީލު ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ، ތެދުވެރި ލީޑަރޝިޕްއެއް ކަމަށް
ރިޔާސީ އިންތިހާބަށް އިދިކޮޅުފަރާތްތަކުން ނެރޭނީ އެއްކެނޑިޑޭޓް ކަމަށް ބުނޭ
ރިޔާސީ އިންތިހާބަށް އިދިކޮޅުފަރާތްތަކުން ނެރޭނީ އެއްކެނޑިޑޭޓް ކަމަށް ބުނޭ

މަޖިލިސްތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫން ކަމަށް ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ޑރ. ޖަމީލު ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ، ތެދުވެރި ލީޑަރޝިޕްއެއް ކަމަށެެވެ.

ގާނޫނު އަސާސީ އިސްލާހުކޮށް ޖުޑީޝަރީއާއި ލޯ އެންފޯސްމެންޓް އެޖެންސީ ތަކުގެ މިނިވަަންކަން ގާއިމް ކުރަން ޖެހޭނެކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެެވެ.

"މަޖިލިސް ތެރެއިން ވެރިކަންކުރަން ހިފުމަކީ ހައްލެއް ނޫން" ޖަމީލު ވިދާޅުވިއެވެ.

އައު ޤާނޫނު އަސާސީގެ ދަށުން ހަތް އިންތިހާބެއް ބޭއްވިފައިވާކަން ފާހަގަކޮށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ހަތް އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ވޯޓު ދެއްވިގޮތަށް ރިއާޔަތްކުރާއިރު، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް 6 އަހަރު ދުވަހަށް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން ޑރ. ޖަމީލް ވިދާޅުވީ، ހުރިހާ ޕާޓީތައް ހިމެނިގެން މި ގާނޫނުއަަސާސީއަށް ގެނައި ބަދަލުތަކަކީ، އެތައް "ނުބައެއް" ގެ ފެށުން ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 މެއި 2018 | ހޮނިހިރު 15:38
ސައިހާ
ތެދުވެރި ލީޑަރޝިފްގެ ވާހަކަ ދައްކަން ކަލޭ ލަތުގަންނަންޖެހޭ، އަދި އަދުލުއިންސާފް ރިފޯމްކުރާވާހަކަ ދައްކަންވެސް ކަލޭ ލަދުގަންނަންޖެހޭ ، ކަލޭ ޖަސްޓިސް މިނިސްޓަރ ކަމުގައި އަދި ޖިނާއީކޯޓުގެ އިސްޤާޟީ ކަމުގައި އަދުލުއިންސާފުގެ ތެރެއިން ކޮށްފައިވާ ނުފޫޒުގަދަ ބޮޑެތިކަންތައްތައް އިއްޔެގަ ވީކަމެއްހެން ހަނދާނުގައި އެބަހުރި، އެހެންވީމާ، ޤައުމް އިސްލާޙްކުރަން އަދި އަދި އަދުލުވެރިކަމޭކިޔަ ތީ ޔާމިނުފަދަ މީހެއް.
12 މެއި 2018 | ހޮނިހިރު 10:28
Moya jameelu
jameelu koachekey kiyaakahtha