ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 08:51
އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ
އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
މުހައްމަދު އަސްލަމް
ރައީސް ނަޝީދު ކުރިމަތިލައްވަނީ ރައްޔިތުން އެދޭތީ:އަސްލަމް
މިއީ ދީން ހިމާޔަތް ކުރުމަށާއި ރައްޔިތުންގެ މިނިވަންކަން ހޯދުމަށް ފަށާ މަސައްކަތެއް
އަލުން އަނބުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދެއްވާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަނީ ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު އެރައްޔިތުންނަށް ވެރިކަން ކޮށްދެއްވުމަށް ރައީސް ނަޝީދު ވަޑައިގަންނަވަން ބޭނުންވާތީ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިފެށޭ މަސައްކަތަކީ ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި އާއުއްމީދުތަކެއް ހޯދުމަށް ފަށާ މަސައްކަތެއް ކަމަށާއި މިއީ މުޖުތަމައު ރައްކާތެރިކުރުމަށާއި ޤައުމުގެ މަސްލަހަތު ދަމަހައްޓާ ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް ފަށާ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ އެކަން ކުރައްވަން ތައްޔާރަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް ވިދާޅުވީ ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުންއެހީތެރިކަން ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރައްވާ ކަމަށާއި މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ ރައީސް ނަޝީދުގެ ލަފާގެ މަތިން ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދާ ދެކޮޅަށް މަސައްކަތް ކުރާމީހުން އުފައްދާ ސުވާލަކީ ކުރިމަތިނުލެވޭ މީހަކު ކުރިމަތިލަނީ ކީއްވެހޭ ކަމަށާއި ޖަވާބަކީ ގިނަރައްޔިތުން ހިތާރުހުމުން ބޭނުންވަނީ ރާއްޖޭގެ ވެރިއަކަށް ރައީސް ނަޝީދު ގެންނަވަން ކަމަށާއި ރައީސް ނަޝީދު ކުރިމަތިލައްވަން އެތައްބަޔަކު އެދޭކަމަށެވެ.

ރައީސް ނަޝީދާ ދެކޮޅަށް އެތައްކަމެއްކޮށް އެމަނިކުފާނާ ދެކޮޅަށް ނާއިންސާފް ޝަރީއަތެއްކޮށް ހުކުމެއް ކުރީމާ ސުޕްރީމް ކޯޓުން އެކަން ބާތިލް ކުރުމުން އެކަން ބަލައި ނުގަތީ ކަމަށާއި  އެކަމަށް ބަލައިގެން ފަހަތަށް ޖެހިގެން ތިބެވެން ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ،

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ނަންފުޅު 2018 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ޖަޒީރާ މިޤައުމުގެ ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވައިދެއްވާނެ ވެރިއަކީ ރައީސް ނަޝީދު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ދީނީ އަދި އިޖުމތިމާއީ ކަންކަން ކުރިއަރުވާ ދަމަހައްޓާނެ ކަމަށާއި މިނިވަން ނޫސްވެރިކަމެއް ގެނެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދެއްވާނެ ކަމަށެވެ. ކަނޑުފަޅުގެ ނަފާވެރިކަން ހޯދައިދޭނެ ކަމަށާއި ދަތުރުފަތުރަކުން އަނެއްކާވެސް މުޅި ރާއްޖެ ގުޅާލައްވާނެ ކަމަށެވެ. މިފަދަ ޖަޒީރާ ރަށްތަަކުގެ ރައްޔިތުންގެ އެތައް އުއްމީދެއް ހަޤީގަތަކަށް ހަދައިދެއްވާނީ ރައީސް ނަޝީދު ކަމަށާއި  އެހެންވީމާ ރައީސް ނަޝީދަށް ޕްރައިމަރީގައި ހުރިހާ ބޭފުޅުން ވޯޓު ދެއްވުން އެދޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް