ކ. މާލެ
|
11 މެއި 2018 | ހުކުރު 23:17
ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް ނަޝީދު 2018
ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
އެމަނިކުފާނުގެ ސިޔާސަތަކީ ރަށުގެ ވަށައިގެން ހިމެނޭ ގުދުރަތީ މުއްސަދިކަމުގެ ފައިދާ އެ ރަށަކަށް ލިބޭ ސިޔާސަތެއް
ދިވެހިންގެ މުޅި އިޤްތިސާދަށް ލިބޭ އާމްދަނީ ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށް
ނޫ އިޤްތިސާދުގެ ސިޔާސަތަކީ ލޯ ކާބަން ޑިވޮލޮޕްމަންޓް ސްޓެރަޓަޖީއެއް

ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ، ނޫ އިޤްތިސާދުގެ ސިޔާސަތު ހާމަކުރައްވައިފި އެވެ.

އެ ސިޔާސަތު ހާމަކޮށްދެއްވީ، ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، ޕްރައިމަރީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދު އެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ރަށުގެ ވަށައިގެން ހިމެނޭ ގުދުރަތީ މުއްސަދިކަމުގެ ފައިދާ އެ ރަށަކަށް ލިބޭ ސިޔާސަތެއް ކަމަށާއި، އަތޮޅު ދުނީގައި ހިމެނޭ ގުދުރަތީ މުއްސަދިކަމުގެ ފައިދާ އެ އަތޮޅަކަށް ލިބޭ ލާމަރުކަޒީ ނިޒާމްގެ ސިޔާސަތެއް ކަމަށެވެ. އަދި އާބާދީ މަރުކަޒުކުރެވި މާލެ ތޮށްޖެހުން ކުޑަކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނާއި، އަދި މެދުރާއްޖެ ތެރޭގައި އެކަށީގެންވާ މުއްދަތަކަށް ޑިއުޓީއާއި ޓެކްސް މާފުކުރެވިފައިވާ އިޤްތިސާދީ މަރުކަޒުތަކެއް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިބަދަލަކާއެކު މި މަރުކަޒުތަކުގައި ވިޔަފާރީގެ ފުރުސަތުތަކާއި އިޤޤތިސާދީ ހަރަކާތްތައް މާލެއަށްވުރެ ލުއިފަސޭހަކުރެވި މާލޭގެ އާބާދީ މާލޭގެ ޖާގައަށް އެކަށީގެންވާ މިންވަރަށް ބަދަލުވާނެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ ގަރުބަގަތީއްސުރެ ނެތިދިއުމަށްދަންދެން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒަމްގެ ހިޔާދަށުގައި ދެމި ހުންނަންޖެހޭ މީހެއް"

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މުޅި އިޤްތިސާދަށް ލިބޭ އާމްދަނީ ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށްވާއިރު، އެމަނިކުފާނުގެ މުޅި ސިޔާސަތު ލާމެހިފައިވާނީ ތިމާވެއްޓާއިކަމަށެވެ. އަދި ތިމާވެށި ދިރުވައިކުރިއެރުވުމަކީ އިޤްތިސާދު ކުރިއެރުވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ނޫ އިޤްތިސާދުގެ ސިޔާސަތަކީ ލޯ ކާބަން ޑިވޮލޮޕްމަންޓް ސްޓެރަޓަޖީއެއް ކަމަށެވެ. މި ސްޓެރަޓަޖީ ބިނާވެފައިވަނީ ދުމާއި ގެނދަބުޅިއާ ނުލާ ކަމަށާއި، ގަސްތައް ކަނޑާ، ކުޅިތައް ހިއްކާ ފަނާކުރަނަވި ކަންތައްތަކާއި މުޅިން ދުރު ސްޓެރަޓަޖީއެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ނޫ އިޤްތިސާދުގެ ބޭނުމަކީ ކޮންމެ ގެޔެއްގެ އާމްދަނީ މައްޗަށް ޖެއްސުންކަމަށާއި، ތަރައްޤީގެ ނާރެހަކީ މާދުރުގައި އޮންނަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގެ ބަދަލުގައި ދިރިއުޅޭ ގޯތި ތެރޭގައި ކުރެވޭ ހަރަކާތަކަށް ހެދެންޖެހޭކަމަށެވެ.

"މި އިޤްތިސާދުގައި ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީގެ އަދަދު އިތުރުކުރެވި، ތަކެތީގެ އަގު އަތްފޯރާ ފަށަށް ތިރިކުރެވޭނެ. ކުރާ ވިޔަފާރީގެ ފައިދާ އިތުރުކުރެވޭނެ. މީސްކޮޅު މަދު ރާއްޖޭގެ ކޮންމެ މީހަކު އުފައްދާ މިންވަރު މަތިކުރެވޭނެ އާ ގޮތްތައް ހޯދޭނެ. ސަރުކާރުގެ ވިޔަފާރި ކުޑަކޮށް، ސަރުކާރު ހިންގާ ކުންފުނިތަކުގެ އިސްރާފް މަދުކުރެވޭނެ"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
12 މެއި 2018 | ހޮނިހިރު 01:05
ޢަހުމަދު
boahiyaa vehikamuga kobaatho siyaasathakee. Ithuru 10 aharu mikamah inthizaar kuraane iyvareh nei.