ކ. މާލެ
|
11 މެއި 2018 | ހުކުރު 22:43
2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ
2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ
ފޭސްބުކް
ރައީސް ނަޝީދު 2018
ވޯޓު ކަރުދާސްކޮޅުގައި އަޅުގަނޑުގެ ނަން ބޭއްވުމާއިމެދު އެންމެފަހު ނިންމުން ނިންމާނީ ރައްޔިތުން: ރައީސް ނަޝީދު
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ތާއީދު ބޮޑު، އަދި އެންމެ މެމްބަރުން ގިނަ ޕާޓީ
ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގެ ރައްޔިތުން އެންމެ މުހިންމު ނިންމުން ނިންމާނެ އިންތިހާބު
ގިނަ ލޯނުތައް ނަގަމުންގެންދަނީ އަނބުރާ ނުދެއްކޭނެފަދަ ގޮތަކަށް

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން ބޭއްވުމާއިމެދު އެންމެފަހު ނިންމުން ނިންމާނީ ރައްޔިތުންކަމަށާއި، އެމްޑީޕީން އިހުތިޔާރްކުރާ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނުގެ ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ތާއީދު ބޮޑު، އަދި އެންމެ މެމްބަރުން ގިނަ ޕާޓީކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން އިހުތިޔާރުކުރާ ކެނޑިޑޭޓަކަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގެ ރައްޔިތުން ނިންމާނެ އެންމެ މުހިންމު ނިންމުން ނިންމާނެ އިންތިހާބުކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު، މުހިންމުވާ ގިނަ ސަބަބުތައް އެމަނިކުފާނު ވިދާޅުވެދެއްވާފަ އެވެ.

"ތަކެތީގެ އަގު ދަނީ އުފުލެމުން. އާމްދަނީ މަދުވެއްޖެ. ޖީބަށް އެއްގޮތަކަށްވެސް ނުކަތާވަރުވެއްޖެ. ގޭގެ ކުލި ދެއްކނީ ކިރިޔާ. ބާނާ މަސްކޮޅުގެ އަގު ވެއްޓިއްޖެ. ޓުވަރިސްޓުން އަންނަ އަދަދު މަދުވެއްޖެ. ދިވެހިރާއްޖޭގެ އިޤްތިސާދު މާބޮޑުތަނުން މަޑުޖެހިއްޖެ. ވެރިންކުރާ ވައްކަމާއި، ފަސާދަ އިންތިހާއަށް އިތުރުވެއްޖެ. ހަނގުރާމަވެރި ޖަމާއަތްތަތަކާއި ދިވެހިން ގުޅެން ފަށައިފި. ދިވެހި ޒުވާން ޖިންސުންލަތީފުން ހަނގުރާމަވެރިންގެ ޖާރިޔާއިންގެ ގޮތުގައި ވިއްކަން ފަށައިފި. ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފި. ރަށްރަށާއި ސިޓީތައް ހިންގުމުގެ ތެރެޔަށް ދިވެހިން އަތްބާނާ އެތަންތަނުގެ ހިންގުން ހުއްޓުމަކަށް ގެނެސްފި. ރާއްޖެ އިންތިހާއަށް ދަރަނިވެރިވެއްޖެ."

ތަރައްޤީގެ މަޝްރޫއުތަކަށް އަބަދުވެސް ރާއްޖެއިން ލޯނު ނަގާކަން ފާހަގަކޮށް، ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއިން ލޯނު ނަގަމުން އަންނަނީ ކުރާ މަސައްކަތުގެ އަގާއި އެއްހަމައަށް އަދި އަނބުރާ ދެއްކޭނެފަދަ ލޯނުތަކެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އެ ހަމަ ދޫކޮށްލާފައިވާކަމަށާއި، މިއަދު ގިނަ ލޯނުތައް ނަގަމުން ދާނީ ޗައިނާއިންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމޭރުމުން ވާހަކަކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ނަގަމުންދާ ގިނަ ލޯނުތައް ނަގަމުންގެންދަނީ އަނބުރާ ނުދެއްކޭނެފަދަ ގޮތަކަށް ކަމަށާއި، އެހިސާބުން ލޯނު ނުދެއްކުމާއެކު އޭގެ ބަދަލުގެ ގޮތުގައި ޗައިނާގެ ބޭންކުތަކުން ރާއްޖޭގެ ބިންތަކަށް ވެރިވެގަތުމަށް މަސައްކަތްކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތުވެސް ގެއްލިގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޗައިނާގެ ބާރު ފޯރާ ބިން ރާއްޖޭގައި އޮވެއްޖެނަމަ އެކަމުގައި އިންޑިއާ ނުހަނު ނުތަނަވަސްވޭ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް އަޅުގަނޑު ނިޔަތްގަނެމިހުރީ އެ އިންތިހާބުގައި ބައިވެރިވެ އަދި އެ އިންތިހާބް ކާމިޔާބްކުރުމުގެ ނިޔަތުގައި. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް އުފައްދާ، އެ ވެރިކަމުގެ ދަށުން ރައްޖެ ހިންގާ ރާއްޖޭ އިސްލާހްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި. އަޅުގަނޑުގެ ނަން ބޭއްވުމާއިގުޅޭ އެންމެފަހުބަސް ބުނާނީ ތިޔަ ބޭފުޅުން"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
12 މެއި 2018 | ހޮނިހިރު 06:20
ހ މ ޒ
ދެން ރާއްޖޭގެ ހާލަތައް ބައްލަވާށެވެ. ރާއްޖޭގެ ސިޔާސީ މަތިފަޑީގައި ތިއްބެވި، ވެރިކަން ވަރަށް ބޭނުންފުޅުވާ ބޭފުޅުންތަކެއް ޖިނާޢީ ކުށްތަކުގައި ވަނީ ޙުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައެވެ. އެންމެ ބޮޑަށް ވެރިކަން ބޭނުންފުޅުވާ ނަޝީދާއި ގާސިމް އިބްރާހިމަށް ވަނީ ޖަލު ޙުކުމެއް އައިސްފައެވެ.