ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 04:55
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު
މިހާރު
ރޯދަ މަސް
މާހެފުމަކީ ހަރާން ކަމެއް ނޫން: އިސްލާމިކް މިނިސްޓަރު
މާހެފުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ސަގާފީ ކަމެއް
މާހެފުމަކީ ދީނީ ގޮތުން ކުރަމުން އައިކަމެއް ނޫން

ރަމަޟާން މަސް ކައިރި ވުމާއި ގުޅިގެން ދިވެހިންގެ އަދާކާދައިގެ ތެރެއިން ބާއްވަމުން އަންނަ މާހެފުމަކީ ހަރާން ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ މާހެފުމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ ތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށާއި، ދިވެހިންގެ ސަގާފަތުގެ ބައެއް ކަމަށްށެވެ.  އަދި އެކަމަކީ ބަޔަކު އެކަމާއި ގުޅޭ ގޮތުން ދީނީ ހުކުމެއް ނެރެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާ ހެފުމަކީ ޙަރާމްކަމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ޒިޔާދު ވިދާޅުވީ ރާއްޖޭގައި ދީނީ ގޮތުން ކުރަމުންދިޔަ ކަމެއް ނޫންކަން ވަރަށް ސާފުކޮށް ތާރީޚީ ގޮތުން އެނގެން އޮންނަ ކަމަށެވެ.

"މިއަދު އަޅުގަނޑު ތާރީޚީ ނަޒަރަކުން އެ ހާދިސާއަށް އަލިއަޅުވާލުމަށްފަހު ރާއްޖޭގައި މިވަގުތު އިސްލާމްދީނުގެ ކަންކަން ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލާނީ މިކަމަކީ ދީނީ ގޮތުން ހަރާމް ކަމެއް ނޫނޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒިޔާދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، މާހެފުމަކީ ހަރާމް ކަމެއްކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ފަތުވާ ދެއްވުމާއި ގުޅިގެން އެކަމާއި ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 މެއި 2018 | ހޮނިހިރު 02:11
އަލީ
އެހެން ކަމުގައިވާނަމަ މޯލްޑިވިަން އައިޑޯލް ބޭއްވުމަކީ ދީނީނަޒަރަކުން ބަލާއިރު އިސްލާމް ދީންނުގައި ކުރުން ހުއްދަ ކުރެވިފައި ވާކަމެއްތޯ ؟ އިސްލާމް . ދީނުގައި މިފަދަ ކަންތައް ކުރުން އޮތީ ކޮންގޮތަކައް ތޯ ސާފުކޮއް ދިނުން އެދި އާދޭސް ދެންނެވީމެ